ޚަބަރު
މަސްވެރިންނަށް މިހާތަނަށް 850 މިލިއަން ދޫކޮށްފިން، ނުދެވި އޮތީ 27 މިލިއަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާ ކުރުމަށް ބާއްވާ “އަހާ” ފޯރަމްގެ ތިންވަނަ ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންނަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭ ބައެއް ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ނުދެވި 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އެ ރުފިޔާތަކާ އެކު މިހާތަނަށް ޖުމުލަ 850 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް މަހުގެ އަގަށް ބޮޑު ބަދަލެއް ގެނެސްފައިވާކަން ޝިޔާމް ފާހަގަ ކުރެއްވި އެވެ. އަދި އެއީ ސަރުކާރަށް ގެއްލުންވާ ގޮތަށް ނިންމާފައި ނިންމުމެއްކަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި އިރު ނުދެވި ހުރީ އަގަށް ގެނައި ބަދަލަށްފަހު ކިރާފައިވާ މަހަށްކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން ކުއްލިއަކަށް އެފައިސާ ދައްކަން ސަރުކާރަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް ރައީސް މުއިއްޒު ބޭނުންފުޅުވީ ރޯދަ މަހުގެ ކުރިން މަސްވެރިންނަށް ދައްކަން ހުރި ހުރިހާ ފައިސާއެއް ދެއްކުމަށްކަމަށް ޝިޔާމް ވިދާޅުވި އެވެ.

17 ނޮވެމްބަރުން ފެށިގެންވެސް އެކިއުމަލޭޓް ވަމުން އައީ. ދެން ހަމަ ސަރުކާރަށް ދެއްކޭ ވަރަކުން ދައްކަމުން އައިސް އެހެން ނަމަވެސް އެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ ﷲގެ އިރާދަފުޅުން ރޯދަ މަހުގެ ކުރިއަށް.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވީ ފަހުން މިއަދާ ހަމައަށް 850 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށާއި މިއަދާ ހަމައަށް ނުދެއްކި 27 މިލިއަން ރުފިޔާ އެބަ ހުރި ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top