މޯލްޑިވިއަން ހޮލިޑޭސްއިން ކުރިއަށް އޮތް އީދުގެ ބަންދާ ދިމާކޮށް ޗެންނާއީއަށް ހާއްސަ ޕެކޭޖެއް މިއަދު ތަޢާރަފުކޮށްފިއެވެ.
އީދު ދުވަހާ ދިމާކޮށް ނެރެފައިވާ ހާއްސަ މި ޕެކޭޖުގައި ދެ މީހަކަށް ތިން ދުވަހު ހުރުން ހިމެނެއެވެ. މި ޕެކޭޖުގެ އަގަކީ 675 ޑޮލަރު (ގާތްގަނޑަކަށް 10،408ރ.) އެވެ.
މޯލްޑިވިއަން ހޮލިޑޭސް އިން ޗެންނާއީ އަށް ހާއްސަ ޕެކޭޖެއް ތައާރަފު ކުރިއިރު މޯލްޑިވިއަން އިން ދަނީ އެ ސިޓީ އަށް ދަތުރު ކުރަމުންނެވެ. މި އެއާލައިން އިން ރާއްޖެއަށް ސީދާ ޗެންނާއީއަށް ހަފުތާއަކު ތިން ފްލައިޓް ބާއްވައެވެ.
އާބާދީގައި 4.6 މިލިއަން މީހުން ދިރިއުޅޭ ޗެންނާއީގައި ގިނަ ޓޫރިސްޓު އެޓްރެކްޝަން ތަކެއް ހުރެ އެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ތަންތަނުގެ ތެރޭގައި މެރީނާ ބީޗާއި ޗެންނާއީގައި އޮންނަ ހަރުފަ ޕާކް އަދި ޗެންނާއީ ލައިޓް ހައުސް ފަދަ ގިނަ ތަންތަން ހިމެނެ އެވެ.