އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ސްރީ ލަންކާގެ ގެއެއްގެ ތެރެއިން ފެނުނު މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ހައްޔަރު ކުރި ދެ ދިވެހިން މިއަދު ދޫކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސްރީލަންކާގައި ހައްޔަރުކޮށްފައިވާ ދެ ދިވެހިން ދޫކޮށްލާފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. އެދެމީހުންގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެޤައުމުގެ ސަލާމަތީ ކަންކަން އިތުރުކޮށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ދިވެހިންތަކެއް ހައްޔަރުކުރި އިރު، އޭގެ ތެރެއިން މިވަގުތު ބަންދުގައި ތިބީ ޖުމްލަ ތިން މީހެކެވެ. 

ލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އެ ހަމަލާއަށް ފަހު އެގައުމުގެ ސަލާމަތީ ބާރުތަކުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި އަށް ދިވެއްސަކު ހައްޔަރުކޮށް ގިނަ ބަޔަކު އެ ގައުމުގެ ފުލުހުންގެ މަރުކަޒުތަކަށް ހާޒިރުކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *