ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާދިނުމުގައި ކަނޑައެޅިފައި އޮންނަ ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރަން ފެނިވަޑައިގަންނަކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަހްމަދު ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް އިސްލާހު ގެނައުމަށް، ސިޔާސީ ޕާޓީތަކާއި އެކު އިލެކްޝަންސް ކޮމިޝަނުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލު ބަދަލުކުރަން ފެންނަ ކަމަށާއި ސިޔާސީ ޕާޓީތަކަށް ދޫކުރެވޭ ފައިސާއަކީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތައާއި 0.2 އިންސައްތައާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށް ގާނުނުގައި އޮންނަ ކަމަށެވެ.

ނަމަވެސް މި ގާނޫނާއި ޚިލާފަށް ކޮންމެ ފަހަރަކުވެސް ސިޔާސީ ޕާޓީތަކަށް ދެނީ ދައުލަތުގެ ފައިސާގެ ތެރެއިން 0.1 އިންސައްތަ ކަމަށް ވުމުން، އެ އިންސައްތައަށް ފައިސާ ދިނުން ގާނޫނުގައި ކަނޑަ އަޅަން ފެންނަ ކަމަށް އީސީގެ ރައީސް ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، މިހާރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ވަކި އަދަދަކަށް މެމްބަރުން ހިމެނޭ ޕާޓީތަކަށް ކަމަށާއި އޭގެ ބަދަލުގައި ދައުލަތުން ކަނޑައަޅާފައި އޮންނަ އަދަދުން 15 އިންސައްތަ، ރަޖިސްޓަރީ ކުރެވިފައިވާ ހުރިހާ ޕާޓީއަކަށް ޕާޓީތަކުގެ އިދާރީ ހިންގުމަށް ދިނުމަށް ފެންނަ ކަމަށެވެ. 

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީގައި މިހާރު ވަނީ އެދިފައެވެ. އެ ފައިސާ ދޭނީ ދައުލަތުގެ މިއަހަރުގެ ބަޖެޓު ފާސްކުރި ދުވަހުގެ ނިޔަލަށް 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *