ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ ބަސްތާ ކާށީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ ބަސްތާ ކާށި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާތީ އެތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ކާށިބަސްތާތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ކާށި ބަސްތާ ތަކާއި ހަވާލުވެލެއްވުން އެދޭކަމަށެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. އަދި މި މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމެއްވެސް ނުވަތަ ނޫން ކަމެއްވެސް ކަށަވަރުވެފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *