ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އައިޝްވާރިޔާ ރާއި ބަޗަން ކޭންސް 2019ގައި ދަރިފުޅު އާރަދިޔާ ބަޗަން އާއި އެކު ބައިވެރިވެއްޖެއެވެ.
އައިޝްވާރިޔާ ކޭންސް 2019ގެ ފުރަތަމަ ރެޑް ކާޕެޓްގެ އެޕިއަރެންސަށް ދިޔައީ ވިދާ ގޯލްޑަން ގައުނެއްގައެވެ. ހެދުން އިންސްޕަޔާ ވެފައިވަނީ ގޯލްޑް ފިޝްއިންނެވެ. އައިޝް ރަނުން ވިދާލާފައިވާއިރު އޭނާގެ އަންހެން ދަރިފުޅު އަރާދްޔާ ހުރީ ރީނދޫ ކުލައިގެ ލޯބި ހެދުމެއްގައެވެ.
ފެޝަން ކްރިޓިކްސްއަށް މިފަހަރު އައިޝްވާރިޔާ ލާފައިވާ ރަން ހެދުން މާކަމުދާގޮތެއް ނުވިއެވެ. އެންމެންވެސް ބުނި ގޮތުގައި އެއަށްވުރެ ހައި އެކްސްޕެކްޓޭޝަނެއް އައިޝްވާރިޔާއަށް އޮތް ކަމެވެ. އައިޝްވާރިޔާ ފުރަތަމަ ލުކް ރީތިނުވި ކަމުގައިވިއަސް އޭނާއާއި ދަރިފުޅު އާރަދިޔާ ވަނީ ރެޑް ކާޕެޓްގައި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްފައެވެ.
ބޮލީވުޑް ތަރި ދީޕިކާ ޕަޑުކޯންވެސް ވަނީ ކޭންސް 2019 ގައި ބައިވެރިވުމަށް ފަހު މިހާރު މުމްބާއީއަށް ގޮސްފައެވެ.