ރަމަޟާން މަހުގެ ފުރަތަމަ ދިހައެއް ފަހަނާޅާ ގޮސް މެދު ދިހައެއް ފެށުނު ދުވަހެވެ. ރޯދަ ވީއްލަން އެކި ތަންތަނަށް މީހުންގޮސް ފޭސްބުކާއި އިންސްޓަރގްރާމް ފުރާލާތަން ފެންނާތީވެ، އޭގޭން ތަނަކަށް ރޯދަ ވީއްލަން ދާން ހިތު އެޅީމެވެ. އޮފީހުގައި އުޅޭ ކުއްޖަކާއި ދެ މީހުން ދާނެ ރަނގަޅު ތަނެއްގެ ސައްލާގައި ޖެހި ބަހުސްއަކަށް އެކަން ވެއްޖެއެވެ. ދެމީހުނަށް އެއްބަސްވެވުނީ އެމީހެއްގެ ފޭސްބުކް ވޯލަށް ބަލާފަ އެންމެ ގިނަ ބަޔަކު ރޯދަ ވީއްލަން ޗެކިންވެފަވާ ތަނަކަށް ރޯދަ ވީއްލަން ދާށެވެ.

ބަލަން ނުތިބެ ދެމީހުންވެސް ޓައިމްލައިން ހާވާ ނިންމާލިއިރު ނަތީޖާއަކީ "ބަނާނާ ލީފް" އެވެ. ބުކިން ހެއްްދުމަށް މެނޫ ބަލާލުމަށްފަހު އަގު ފަލަހެން ހީވިއެވެ. ނަމަވެސް ވައުދު އަހުދާއެއްގޮތަށް ބުކިންގ ހައްދަން ގުޅާލުމުން އަދި މާ އުފާވެރިއެވެ. މެނޫއަށް ބަދަލު ނައިސް ހަމައެކަނި މެނޫގެ އަގު ހެޔޮވި ވާހަކަ އެކޮޅުގެ މެނޭޖަރު ވިދާޅުވުމާއިއެކު ވަގުތުން 02 މީހުންގެ ރިޒަރވޭޝަން ހައްދާލީމެވެ. ބޮލަކަށް -/199 އެވެ. އެކޮޅުން ހިތްހެޔޮކަމާއިއެކު ވާހަކަ ދެއްކި ކުއްޖާ ބުނީ މެންދުރުފަހު 3ގެ ކުރިން ޖުމްލަ އަގުގެ 50 އިންސައްތަ ދައްކާލާ ޖާގަ ކަށަވަރުކޮށްލުމަށެވެ.

އަވަހަށް ގޮސް ފައިސާ ދައްކާލާފަ ލަދުން ހުރެ ސަކަ ސުވާލެއް ކޮށްލީމެވެ. އަނެއްކާ މީހުން އާދޭތަ؟ ސުވާލުގެ ޖަވާބުގައި ކޭޝިއަރު ބުނީ، ރޯދަވީއްލާ ގަޑީގައި ފެނިގެން ދާނޭ ކަމަށެވެ. ރަކި ހިނިތުންވުމަކާއެކު ނިކުމެގެން ދިޔައީ އަވަހަށް އޮފީހަށެވެ.


ގަޑިން 5:30 ވެއްޖެއެވެ. އެކުވެރިޔާއާއެކު ބޭރު މަގުގެ ތާރުމަތީގައި ދުއްވަމުން މިސްރާބު ޖެހީ އެސްޓީއޯ ފުޑްކޯޓަށެވެ. ސައިކަލް ގޮސް މަޑުކޮށްލީ ހަމަ ސީދާ 23 ނަންބަރު ޔުނިޓުގެ ދޮރުމަތީގައެވެ. ނަސީބު ކަން ދިމާކުރި ގޮތުން ސައިކަލް ޕާކް ކޮށްލަން އެ ސަރަޙައްދުން ޖާގަވެސް ނުލިބުނެވެ. ތަންކޮޅެއް ދުރުގައި ސައިކަލް ޕާކުކޮށްލުމަށްފަހު ބަނާނާ ލީފަށް ވަނީމެވެ. އޯޕަން އެއަރ ލިބޭގޮތަށް ތަރައްޤިކޮށްފައިވާ ފުޑްކޯޓުގެ އެންމެ ޖާގަ ބޮޑު އެއް ޔުނިޓެވެ. ނަމަވެސް މީހުންތައް އައިސް މިއަށްގެން މޭޒުތައް ފުރާ ނަގަނީއެވެ.

އެތެރެއަށް ވަނުމުން އަޅުގަނޑުމެނަށް ޚާއްސަކޮށްފައިވާ ޓޭބަލް ދެއްކުމުން އެކުވެރިޔާ ގޮސް އިށީއްދެއްޖެެއެވެ. އަޅުގަނޑު ގަސްތު ކުރީ ކުޑަކޮށް ކާ އެެއްޗެއްސަށް ބަލާލާ، ތަނަށް ވަންނަ މީހުން ދިރާސާކޮށްލުމެވެ. ބުފެޓް ސްޓައިލުގައި މެނޫގެ ބާވަތްތައް އަތުރާލާފައި ހުރިއިރު ވަސްގަނޑު އެހާ ރަނގަޅެވެ. މޭޒުތަކުގައި ހުރީ ބުއިންތައް އަތުރާލާފައެވެ. ރޯދަ ވީއްލާނެ ކަދުރުވެސް މޭޒުމަތީގައި ހުއްޓެވެ.

ބަންގި ގޮވަން ކައިރިވިއިރު މުޅި "ބަނާނާ ލީފް" ފުރާ ބަރާކޮށްފިއެވެ. ކަސްޓަމަރުން ގުރޫޕް ގުރޫޕަށް ވަދެ ރޯދަ ވީއްލުމަށް ތައްޔާރުވެއްޖެއެވެ. ވެފައި ހުރި ބަނޑުހައެއްްގެ ސަބަބުން ހުރެވެނީ ހަމަ ކިރިޔަ ކިރިޔާއެވެ. ބަންގި ގޮވުމާއެކު ރޯދަ ވީއްލުމަށް އެންމެންވެސް އަވަސްވެގަތެވެ. މޭޒުމަތީގައި ހުރި ފަނިތަށި ދެ ތައްޓަށް ވީގޮތެއް ނޭނގުނެވެ. އެ ހުސްވެއްޖެއެވެ. ހެދިކާގެ ރަހަވެސް ވަރަށް ފައްކަލެވެ. އެކުވެރިޔާވެސް، މަޑުމަޑުން ކާއެއްޗެހި މީރުވާހަކަ ފޫޅަށް އަޑުއިވޭ ވަރަށް ބުނެއެވެ.

އެންމެންވެސް ދެން ދިމާކުރީ ބުފެޓް އާއެވެ. ކަމަކު ދާކަށް ނެތެވެ. ކިއު އޮތީ ދަމާލާފައެވެ. ކިއުގެ ކޮޅުގައި ހުއްޓިލައިގެން މަޑުމަޑުން ބުފެޓްއާއި ކައިރިވެވިއްޖެއެވެ. ނަމަވެސް ބޯގޮވީ ދެނެވެ. އަޅާނީ ކޯޗެއްތޯ ނާޅާ ދޫކޮށްލާނީ ކޯޗެއްތޯ ވިސްނަން ޖެހިއްޖެއެވެ. މެނޫގައި ބާވަތްތައް އެހާ ގިނައެވެ. ގެރިމަހާއި ކުކުޅު މަހުން ފެށިގެން ގޮސް ބަތާއި ރޮއްޓާއި، ފަރާޓާ ހުއްޓެވެ. ހުރިހާ އެއްޗެއް ކާހިތްވި ނަމަވެސް އެކަން ކުރާނީ ކިހިނަކުން ހެއްޔެވެ. ތަށިގައި ހެޔޮވަރު ވަރަކަށް ކާއެއްޗެހި އަޅައިގެން ގޮސް ޖައްސާލާ އިންސާފުކުރަން ފެށީމެވެ.

ވަރަށް މީރެވެ. ވަރަށް ތަފާތެވެ. ކަމުން ދިޔައިރު އެކުވެރިޔާ ދިޔައީ ރަހަތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. ޚާއްސަކޮށް ކުކުޅާއި، ބީފުގެ ބާވަތްތައް ހަމަ ވަރަށްވެސް ތަފާތެވެ. ކޭ ކޭނުން ހިރިނުލެވިފަ ހުރެވުނީ އަޅުގަނޑަށް އެކަންޏެއް ނޫނެވެ. ނަމަވެސް ފޮނިކާތަކެތީގެ ރަހަ ބަލާނުލާ ދޫކޮށްލެވެން ނެތުމުން އެކަންވެސް ކޮށްލީމެެވެ.

ބިލްދައްކަން ދިޔުމުން މެންދުރުގަޑިގައި ސުވާލަށް ޖަވާބު ދިން ކުއްޖާ ހިނިތުންވެލާފަ ރަހަ ކިހިނެއްތޯ އަހާލުމުން އަޅުގަނޑަށް ބުނެވުނީ "ބެސްޓް" މިހެންނެވެ. 

ބަނާނާ ލީފުގެ އިފްތާރަށް ބުކް ކުރެއްވުމަށް ގުޅުއްވާނީ 9894455 ނަންބަރު ފޯނާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *