"ޓުގެދާ އެސް ވަން" ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "މަމެން ޓުގެދާ އެސް ވަން ތްރީ އެކްސް ތްރީ" ބާސްކެޓް ބޯލް މުބާރާތް ފަށައިފިއެވެ.

ޖުމްލަ 67 ޓީމާއި އެކު ފަސް ޑިވިޝަނަކަށް ބަހާލައިގެން ކުޅޭ އެ މުބާރާތް ފަށާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގައެވެ.

"ޓުގެދާ އެސް ވަން"ގެ ފައުންޑިންގ މެންބަރެއް ކަމަށްވާ ހުސެއިން ޝިމަން "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މުބާރާތުގެ ތެރެއިން "ސީ ގިއަރ ޓީމް ޝޫޓްއައުޓް" ޗެލެންޖެއްވެސް ފަށައިގެން ފޯރިއާއި އެކު ކުރިއަށް ގެންދާ ކަމަށެވެ. 

އަދި އޭނާ ވިދާޅުވީ، ދެ ކުދިން ޓީމެއް ހަދައިގެން އެ ޗެލެންޖްގައި ބައިވެރިވެ ވޭނެ ކަމަށާއި، އަދި އެ ޗެލެންޖްގައި ކުރަން ޖެހޭނެ ކަމަކީ ފްރީ ތްރޯ ލައިން މަތިން ދެ ޓީމުންވެސް އެއްފަހަރާ އެއް މިނެޓް ތެރޭ އެންމެ ގިނައިން ސްކޯ ކުރުން ކަމަށެވެ.

ޝިމަން ވިދާޅުވީ، ކޮންމެ ރެޔަކުވެސް މޮޅުވާ ޓީމެއް ސީ ގިއަރ ޓީމް ޝޫޓް އައުޓްގެ ފައިނަލަށް ދާނެ ކަމަށާއި، އަދި ފައިނަލުން މޮޅުވާ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ސީ ގިއަރ ގެ ފަރާތުން 500 ރުފިޔާގެ ގިފްޓް ވައުޗަރ އެއް ލިބޭނެ ކަމަށެވެ.

އެ ޗެލެންޖްގައި ބައިވެރިވެވެނީ އުމުރުން 13 އާއި 15 އަހަރާއި ދެމެދުގެ ކުދިންނަށެވެ.

"ޓްގެދާ އެސް ވަން" ގެ ތްރީ އެކްސް ތްރީ ބާސްކެޓް މުބާރާތުގެ ގެ މެއިން ސްޕޮންސަރަކީ ދިރާގެވެ. ކޯ ސްޕޮންސަރުންނަކީ ސީ ގިއަރ އަދި އެކްސްނެސްއެވެ. އަދި އޮފިޝަލް ޑްރިންކިންގ ޕާޓްނަރަކީ ޑަރޓްވޯޓަރ ފޮކް ބްރެވެރީ ބައި ތްރޫ ގްރީން މޯލްޑިވްސްއެވެ. މީގެ އިތުރުން ލޮޖިސްޓިކް ޕާޓުނަރަކީ ޖޭސީއައިއެލްއޯ ލޮޖިސްޓިކްސްއެވެ. މި މުބާރާތުގެ އޮންލައިން ޕާޓްނަރަކީ "ޖަޒީރާ ނިއުސް އެމްވީ"އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *