ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު އަންހެންމީހާ ދެ ދުވަސް ފަހުން މިއަދު ފެނިއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ ޞަފާ އާއި މަރުވާއާ ދޭތެރޭ ހިނގަނިކޮށް ހޮނިހިރު ދުވަހު ގެއްލުނު އަންހެންމީހާ ފެނުނީ ހަރަމްފުޅާ ފަސް ކިލޯމީޓަރުން ދުރުން ކަމަށް އެނގިފައިވާ ކަމަށާއި އަދި އެ އަންހެން މީހާއަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. 

އެ އަންހެން މީހާއާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހައްޖު ކޯޕަރޭޝަންއިން ހާމަކޮށްފައެއް ނުވެއެެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި މަސްތެރޭ 84 މީހަކު އުމްރާއަށް ގޮސްފައިވެއެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެ ފަރާތުން ހާމަކުރައްވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *