މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓަށް ޖުމްލަ 673 މައްސަލަ ހުށައަޅައިފައިވެއެވެ. އެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ އަދަދަކީ 927 އެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ބަލާފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި ބެހޭ ތަފްސީލް ހާމަކުރިއެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓަށް މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޖުމްލަ 673 މައްސަލަ ހުށައަޅައިފައިވެއެވެ. އެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ އަދަދަކީ 927 އެވެ.
މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބެލި މަސްތުވާތަކެތީގެ 241 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހަށް ފޮނުވި މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރޭގައި ބަނގުރާ ގެންގުޅުމުގެ 16 މައްސަލަ، ޓްރެފިކް ކުރުމުގެ 24 މައްސަލަ އަދި ވިޔަފާރި ކުރުމުގެ 201 މައްސަލަ ހިމެނެއެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ރިޕޯޓުކުރި މައްސަލަތައް
މަސްތުގެ ހާލަތުގައި ތިބި މީހުން - 309
ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅުން - 39
މަސްތުވާތަކެތި ޕެޑްލްކުރުން ނުވަތަ ވިޔަފާރިކުރުން - 274
މަސްތުވާތަކެތި ޓްރެފިކް ކުރުން - 51
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހައްޔަރު ކުރި މީހުން
މަސްތުގެ ހާލަތުގައި ތިބި މީހުން - 345
ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅުން - 77
މަސްތުވާތަކެތި ޕެޑްލްކުރުން ނުވަތަ ވިޔަފާރިކުރުން - 394
މަސްތުވާތަކެތި ޓްރެފިކް ކުރުން - 111
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކާއި ގުޅިގެން މިވަގުތު ބަންދުގައި ތިބީ 23 މީހުންނެވެ. އަދި ކޯޓުން މި މައްސަލަތަކާއި ގުޅިގެން އެހެން 38 މީހަކު ދޫކޮށްލައިފައިވާއިރު، ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި 10 ބިދޭސީން ވަނީ ޑިޕޯޓްކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފުލުހުން މަސްތުވާތަކެތީގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 35 އަންހެނުން، 9 ކުޑަކުދިން ހިމެނެއެވެ. ހަމައެހެންމެ ހައްޔަރުކުރިމީހުންގެ ތެރޭގައި ހިމެނޭ 56 ބިދޭސީންގެ ތެރެއިން 36 މީހަކު ވަނީ ޑީޕޯޓްކޮށްލާފައެވެ.