ބޭނުންވާ ތަކެތި:

ކްރެއިޕް ހެދުމަށްޓަކައި:

3/4 ޖޯޑު އަންސޯލްޓެޑް ބަޓަރ

100 ގުރާމު ޑާކް ޗޮކްލެޓް (ކޮށާފައި)

6 ބިސް

2.5 ޖޯޑު ރޯ ކިރު

3 ސައިސަމުސާ ވެނީލާ އެސެންސް

1.5 ޖޯޑު ފުށް

1/3 ޖޯޑު ހަކުރު

1/8 ސައިސަމުސާ ލޮނު

ވައިޓް ޗޮކްލެޓް ބަޓަރ ކްރީމް ހެދުމަށްޓަކައި:

100 ގުރާމު ވައިޓް ޗޮކްލެޓް (ކޮށާފައި)

1/2 ޖޯޑު ވިޕިންގ ކްރީމް

2.25 ޖޯޑު ހަކުރު

8 ބިހުގެ ހުދު ގޮބޮޅި

2 ޖޯޑު އަންސޯލްޓެޑް ބަޓަރ

2 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

ކްރެއިޕް ހެދުމަށްޓަކައި އަވަނުގައި، ބަޓަރ އާއި ޗޮކްލެޓް ހޫނު ކުރުމަށްފަހު އެއްކޮށް ގިރެންދެން އެއްކުރާށެވެ. ހިހޫ ވުމަށް ދޫކޮށްލުމަށްފަހު،  ބޮޑު ކަހަނބެއްގައި ބިސް، ކިރު، ވެނީލާ އެސެންސް އަދި އަވަނަށްލި ޗޮކްލެޓް އެތި އެއްކޮށް ރަނގަޅަށް ގިރާށެވެ. އެއަށްފަހު މި ކަހަނބަށް ފުށް، ހަކުރު އަދި ލޮނު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މި ކަހަނބު ބަންދުކުރުމަށްފަހު 2 ގަޑިއިރު ވަންދެން ފްރިޖަށް ލައި ފިނި ކުރާށެވެ. 

2. ބަޓަރ ކްރީމް ހެދުމަށްޓަކައި އަވަނުގައި ވައިޓް ޗޮކްލެޓް އަދި ކްރީމް ހޫނުކުރާށެވެ. އަދި ރަނގަޅަށް އެއްކޮށްލައި ގިރާލާށެވެ. ހިހޫ ވުމުން ހަކުރު އަޅާށެވެ.

3. ބިސްތަކުގެ ހުދު ގޮބޮޅިތައް ހަކުރާއެކު ޑަބަލް ބޮއިލަރ އެއްގައި ނުވަތަ ކައްކަން އުދާފައި ހުރި ފެން އެއްޗެއްގެ މައްޗަށްލައި، ދަގަނޑު ބޯތައްޓެއްގައި ރަނގަޅަށް ގިރާށެވެ. 2 މިނެޓް ވަންދެން ހުއްޓާ ނުލައި ގިރުމަށްފަހު އެހެން ތައްޓަކަށް މި މިކްޗަރ އަޅާށެވެ.

4. އެހެން ބޯތައްޓަކަށް މިކްޗަރ އެޅުމަށްފަހު 5 މިނެޓްވަންދެން ނުހުއްޓައި ބާރަށް ގިރާށެވެ. އަދި 5 މިނެޓްފަހުން މަޑުމަޑުން ހިހޫވަންދެން ގިރާށެވެ. އެއަށްފަހު އެ ބޯތައްޓަށް ބަޓަރ އަދި ވެނީލާ އަޅައި ރަނގަޅަށް އެއްވަންދެން ގިރާށެވެ. ރަނގަޅަށް އޮލަވެ މަޑުވަންދެން ގިރުމުން ފްރިޖަށް ލައި ފިނިކުރާށެވެ.

5. ތަތްނުލަވާ ތަވަލެއް އުދައި އޭގެއަށް ހޫނުވާން ފެށުމުން ކްރެއިޕްގެ ޗޮކްލެޓް ބެޓަރގެ ދެ މޭޒުމަތި ސަމުސާ އަޅާށެވެ. އަދި އެއް ފުށް ފިހެވުނީމަ އަނެއް ފުށަށް ޖަހާށެވެ. މިފަދައިން އާދައިގެ ފޮޅިއެއް ފިހާ ފަދައިން ބެޓަރ ހުސްވަންދެން ވަކިވަކިން ކްރެއިޕް ފިހަމުން ގެންދާށެވެ.

6. ފަތި ތައްޓެއްގައި އެއް ކްރެއިޕް އެއް ބޭއްވުމަށްފަހު އޭގެ މަތީގައި ތުނިކޮށް ބަޓަރ ކްރީމް ހާކާށެވެ. އަދި އޭގެ މަތީގައި އަނެއްކާވެސް ކްރެއިޕް އެއް ފަތުރާލުމަށްފަހު ބަޓަރ ކްރީމް ހާކާށެވެ. މިފައިން ތަކުރާރުކޮށް 10 ފަހަރު ކަންތައް ކުރާށެވެ. އޭރުން ކްރެއިޕް ކޭކް ތައްޔާރުވީއެވެ. (ބޭނުންނަމަ ކޭކުގެ މައްޗަށް ޗޮކްލެޓާއި މޭވާގެ ބާވަތްތައްވެސް އެޅިދާނެއެވެ.)

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *