މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިވިޝަން ހެޑް ލެވެލްގެ މަގާމުތަކެއް އުވާލައިފިއެވެ.
"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ފަރާތުން ވިދާޅުވީ، ކުންފުނީގެ ބޯޑުގެ ނިންމުމަކާއެކު އުވާލި ޑިވިޝަން ހެޑް ލެވެލްގެ މަގާމުތަކުގައި ތިބި ބޭފުޅުން ވަޒީފާ އިން ވަކިކޮށްފައިވަނީ ވަޒީފާގެ ގާނޫނާ އެއްގޮތަށް ބަދަލު ދިނުމަށް ފަހު ކަމަށެވެ.
އެ މަގާމުތައް އުވާލަން އެމްޕީއެލްގެ ބޯޑުން ނިންމީ، ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. ހޯމަ ދުވަހުން ފެށިގެން އުވާލާފައިވާ މަގާމުތައް އުވާލުމުގެ މަސައްކަތް ކުރަމުންދާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްގެ އޮނިގަނޑަކަށް ގެނައި މި ބަދަލާއެކު އުވިގެން ގޮސްފައިވަނީ ފަސް ޑިވިޝަން އެކެވެ. މީގެ ތެެރޭގައި ހިމެނެނީ އޮޕަރޭޝަން ޑިވިޝަން ހެޑުގެ މަގާމާއި ކޯޕަރޭޓް ސާވިސްގެ ޑިވިޝަން ހެޑް އަދި ސެކިއުރިޓީ ޑިވިޝަން އެވެ.