ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި އޮޑިޓް ރިޕޯޓު ހުށައަޅަން އޮންނަ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓު ހުށައަޅާފައި ނުވާތީ، އަދާލަތު ޕާޓީ އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) 50،000 ރުފިޔާއިން ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތާއި ޚިލާފަށް ފައިސާގެ ކަންތައްތައް ބަހައްޓާފައިވާކަމަށް ޕީޕީއެމްގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ފާހަގަކޮށްފައިވުމުގެ ސަބަބުން ޕީޕީއެމް 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން އެ ޕާޓީގެ ފައިސާގެ ކަންކަން ބަލަަހައްޓާ ފަރާތް 5000 ރުފިޔާއިން ޖޫރިމަނާ ކުރަންވެސް އީސީއިން ވަނީ ނިންމައިފައެވެ.

އީސީއިން ކުރިން ބުނީ، އެ ކޮމިޝަނުން ދިން މުއްދަތު ހަމަވިއިރުވެސް އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށައަޅާފައި ނުވަނީ އަދާލަތާއި ޑިއާރްޕީން ކަމަށްވާއިރު، ޕީޕީއެމް އިންވެސް އަހަރީ ރިޕޯޓު ހުށައަޅާފައިވަނީ ކަނޑައަޅާފައިވާ ސުންގަޑި ހަމަވެފައިވަނިކޮށް ކަމަށެވެ.

އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށަނާޅާ ޕާޓީތައް 25000 ރުފިޔާއާއި 75000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ޤާނޫނުތަކުގައިވެއެވެ. ހަމައެހެންމެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާވެސް ދޭނީ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށައެޅުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *