ނުވަ އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މި މަހުގެ 10 ވަނަ ދުވަހު ޖިންސީ އަނިޔާ ކުރި މައްސަލައާއި ގުޅިގެން 71 އަހަރުގެ ފިރެހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މާލެ އިން ދެކުނުގެ ރަށެއްގައި ހިންގަމުން ދިޔަ އެ ނުބައި އަމަލްތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ޖިންސީ އަނިޔާ ލިބުނު ކުޑަ އަންހެން ކުއްޖާ މިހާރު ހުރީ، މަންމަގެ ބެލުމުގެ ދަށުން ވެސް ގެންގޮސް، އެ ރަށުގެ އެހެން ބަޔަކާ ހަވާލުކޮށްފަ އެވެ.
ފުލުހުން ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރަމުންދާ މައްސަލަ އިތުރަށް ބެލިބެލުމުން އެ އަނިޔާކުރަނީ ކުއްޖާގެ 18 އަހަރު ނުފުރޭ ދެ ބޭބެކަން އެނގިފައިވާ ކަމަށެވެ.