2012 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލި، އަބްދުލްމުހީތު(ބޮބީ)، މަރާލި ކަމުގެ ކުށުގައި، ދެމީހަކު މެރުމަށް ކްރިމިނަލް ކޯޓުން ހުކްމު ކޮށްފިއެވެ.

ކުށް ސާބިތުވި މައިމޫނާއި މުހުޖަތު މެރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ މުހީތުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީއެވެ.

ތޫނު އެއްޗަކުން ހަމަލާދިނުމަށް ފަހު މުހީތު މަރާލި މައްސަލައިގަ ކްރިމިނަލް ކޯޓުން މެރުމަށް ހުކްމު ކޮށްފައިވާ ދެމީހުންނަކީ، ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ، މުހުޖަތު އަހުމަދު ނާސިހެވެ.

އޭނާ މަރާލި މައްސަލާގައި ދަައުލަތުން ކްރިމިނަލް ކޯޓުގައި ތިން މީހަކަށް ދައުވާކުރިއެވެ. ކްރިމިނަލް ކޯޓުން ވަނީ މައިމޫނާއި މުހުޖަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އަދި މުޝައްފައުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *