ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުން ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް ހުކުމްކޮށްފިއެވެ.

ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ކުރިމިނަލްކޯޓުން ވަނީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ދަށުކޯޓްގެ ހުކުމް ބާތިލުކޮށް ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލަ އަލުން ބެލުމަށް ކުރިމިނަލްކޯޓަށް އަމުރުކޮށްފައެވެ.

އެ އަމުރުގައި ބާތިލް ނުކޮށް އޮތް ބައިގައި، ސިޔާސީ އެކި ސަބަބުތަކަށްޓަކައި ގާނޫނާ ޚިލާފަށް ކޮށްފައިވާ ހުކުމްތަކުގެ ވާހަކަ ބަޔާން ކޮށްފައިވާތީ އެ މައްސަލާގައި އަދީބުގެ މައްޗަށް ވެސް ޝަރީއަތް ހިންގީ ނުފޫޒު ފޯރުވައިގެން ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1 ގެ އަމުރުގައި ބައެއް ފަރާތްތައް ދޫކޮށްލަން އެންގިއިރު، ވަކިވަކި މައްސަލަތަކަށް ހަވާލާ ދިނުމުގެ ބަދަލުގައި އޮތީ ދައުވާ ލިބުނު ފަރާތްތަކެއްގެ ނަންތަކެއް ކަމަށާއި އޭގެ ތެރޭގައި އަދީބުގެ ނަން ވެސް ހިމެނޭ ކަން ހައި ކޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ ގޮތުން އެ މައްސަލާގެ ޝަރީއަތަށް 15 ދުވަހު ޖަލުގައި ބެހެއްޓުމަށާއި އެ 15 ދުވަހުގެ ތެރޭގައި ބަންދާމެދު އިތުރަށް ގޮތެއް ކަނޑައަޅަން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހަޅަން ވެސް އެންގި އެވެ. ނަމަވެސް މިކަމާ އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ނިޔާޒު ރައުޔަކީ އެ މައްސަލާގެ ޝަރީއަތް ނިމެންދެން ވެސް އަދީބު ހުންނަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމެވެ. 

ނަމަވެސް އަނެއް ދެ ފަނޑިޔާރުން ކަމަށްވާ އިސް ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު ހުސެއިން ޝަހީދު ބުރަވަނީ 15 ދުވަހު ބަންދުގައި ބަހައްޓަން އުމުރުކުރި ރައުޔުއަށެވެ. 

މީގެ އިތުރުން އެ މައްސަލާގައި ދައުލަތުން ދައުވާކުރި ދެ ބޮޑީގާޑުންގެ މައްޗަށް އިއްވި ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *