ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެހި އަންހެނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ހަމީދު މިއަދު ވިދާޅުވެފައިވަނީ ޞަފާއާއި މަރުވާގެ ދޭތެރޭގައި ހިނގުމުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހުގައި އުމުރުން ދުވަސްވީ އަންހެނަކު ގެއްލިފައިވާކަމަށެވެ.

ނަމަވެސް ގެއްލިގެން ހޯދަމުން އަންނަ އަންހެން މީހާގެ ވަނަވަރު ހަމީދު ހާމޮކޮށްފައެއް ނުވެއެވެ.

"ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި 24 ގަޑިއިރު ކުރަމުން އަންނަނީ،" ހަމީދު ވިދާޅުވި އެވެ.

ހާމިދު އިތުރަށް ވިދާޅުވީ، މި ފަހަރު ސަރުކާރުގެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ގެންދިޔަ 84 މީހުންގެ ހާލު ރަނގަޅުކަމަށެވެ.

މީގެ ކުރިންވެސް ހައްޖަށް އަދި އުމްރާއަށް ދިޔަ ދިވެހިންގެ ތެރެއިން ބައެއް މީހުން ގެއްލިގެން ހޯދައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *