މީގެ ކުރިން ކުރަފި ކިރަކީ ހުންނަ އެއްޗެއްކަންވެސް އެނގޭހެއްޔެވެ؟ ޕެސިފިކް ބީޓްލް ކުރަތްޕެއްގެ ކިރަކީ ފައިދާހުރި މާއްދާތަކުން ފުރިފައިވާ ކިރެއްކަން ވަނީ ހޯދައިފައެވެ. އާލްމަންޑް، ގެރި، ކާށިފަދަ ހުރިހާ ކިރަކަށްވުރެވެސް ކުރީގައި މިހާރު އުޅެނީ ކުރަފިކިރެވެ.
"Diploptera punctata" ކިޔާ މި ކުރަފި ފެނިގެންދާނީ، އޮސްޓްރޭލިއާ، ޗައިނާ، ހަވާއީ، ފީޖީ، އިންޑިއާ އިންނެވެ. އަދި މިއީ ކުރަފީގެ ބާވަތްތަކުގެ ތެރޭގައި ކިރު އުފައްދާ ހަމައެކަނި ބާވަތެވެ.
މި ރިސާޗް ކުރިއަށް ގެންގޮސްފައިވަނީ ޔޫ.އެސް އަދި ޔޫރަޕްގެ ބަޔޯ-ސައެންސިސްޓުންނެވެ.
40 ދުވަސް ފުރިފައިވާ އަންހެން ކުރަތްޕެއްގައި އޭގެ ހަށިގަނޑުގައި އެކުލެވޭ މާއްދާތަކެއް ކިރަށް ބަދަލުކުރުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ.
އާލްމަންޑް ކިރަށްވުރެ 8 ގުނައަށް ފައިދާކަން ބޮޑީ ކުރަފި ކިރުގައެވެ. އިތުރު ރިޕޯޓްތަކުން ބުނަމުންދަނީ މުޅި ދުނިޔޭގައިވެސް މިހައިތަނަށް ފެނިފައިވާ އެންމެ ނިއުޓްރިޝަން ގިނަ ކާނާކަމަށް މި ކިރުވަނީ ވެފައިކަމަށެވެ. އެ ކުރަފީގެ ޔޫޓަރެސްގައި ކިރު އުފައްދައި، އެމްބްރިއޯއިން އިމްބައިބް ކޮށްދެއެވެ. މި ކިރުގައި ތަފާތު 9 މުހިންމު އެމިނޯ އެސިޑް އެކުލެވިގެންވެއެވެ. މި ހުރިހާ މާއްދާއަކީވެސް އިންސާނުންގެ ސެލްތައް އުފެއްދުމުގައި ބޮޑު އެހީއެއްވާ މާއްދާތަކެކެވެ. ކެލަރީސް އަދި ފެޓްސްގެ އިތުރުން އިންސާނުންގެ ހަށިގަނޑުގައި އަމިއްލައަކަށް އުފެއްދުމަށް ކުޅަދާނަ ނުވާ ބައެއް މުހިންމު ލިޕިޑްސް ވެސް ކުރަފި ކިރުގައި އެކުލެވިގެންވެއެވެ.
ކުރަފި ކިރުގެ ކްރިސްޓަލްތަކަކީ ކާނާކަމަށާއި އޭގައި ޕްރޮޓީން، ފެޓްސް އަދި ހަކުރުގެ މާއްދާތައްވެސް އެކުލެވިގެންވާކަމަށް ވެއެވެ. އަދި ޑެއިރީ ކިރުން ހަށިގަނޑަށް ލިއްބައިދޭ ހަކަތައަށްވުރެ ތިން ގުނަ އިތުރު ހަކަތައެއް މި ކިރުން ލިއްބައިދޭކަމަށް ވެއެވެ.