ހުޅުމާލޭ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި އެއްޗެއް ގޮވާ ތިން މީހަކަށް އަނިޔާ ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި ތިން މީހުންނަށް މިހާރު ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ފަޅުތެރޭގައި އޮތް އެމްޓީސީސީގެ ލޯންޗެއްގައި އެއްޗެެއް ގޮވައިގެން ތިން މީހަކަށް އަނިޔާވި ހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 11:15 ހާއިރު ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، އެމްޓީސީސީގެ ލޯންޗްގައި އެއްޗެއް ގޮވީ، ޕެޓްރޯލް ޕަމްޕް ސުވިޗް ބަދަލުކުރަން އުޅުމުގެ ތެރޭގައި އޭގެ ބެޓްރީ ގޮވައިގެން ކަމަށެވެ. ތިން މީހަކަށް އެކި ވަރުގެ އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ތިން މީހުންގެ ތެރެއިން ދެ މީހުން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުޅުމާލޭ ފަޅު ތެރޭގައި އޮތް އެމްޓީސީސީގެ ލޯންޗެއް ގޮވައިގެން އަނިޔާވެގެން، ހުޅުމާލޭ ހޮސްޕިޓަލަށް ދެ މީހުން ގެނައި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އާޝިޔާ ސޯލިހް ވިދާޅުވީ، ދެ ފިރެހެނުން ފަސްޓް ޑިގްރީ ބާންސް އާއި އެކު މިއަދު 11:15 ހާއިރު އެމަޖެންސީ އަށް ގެނެވުނު ކަމަށެވެ. އެދެމީހުންނަށް ވެސް މިހާރު ދަނީ ފަރުވާ ދެމުން ކަމަށާއި އެ ހާދިސާއާއި ބެހޭ އިތުރު ތަފްސީލް ލިބެމުންދާ ވަރަކަށް ހިއްސާ ކުރާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *