ބޭނުންވާނެ ތަކެތި:
375 ގުރާމު ރަމެން ނޫޑްލުސް (ބޭނުންވައްތަރެއްގެ ނޫޑްލްސް އެއް ބޭނުންކުރެވިދާނެ)
400 ގުރާމު ބޯންލެސް ޗިކަން (ކޮށާފައި)
4 ކެއްކި ބިސް (ފަޅިކޮށްފައި)
1 ސައިސަމުސާ ޗިސްކުރި އިނގުރު
ޗިކަން ސްޓޮކް (700 މިލިލިޓަރ)
3 ލޮނުމެދު (ފަޅިކޮށްފަ)
4 މޭޒުމަތި ސޯއީ ސޯސް
1 މޭޒުމަތި ސަމުސާ އޮއިސްޓަރ ސޯސް
ޗިލީ ޕައުޑަރ
1/2 ސައިސަމުސާ މުގުރި އަސޭމިރުސް
4 މޭޒުމަތި ސަމުސާ ޒުވާރި
75 ގުރާމު ކެރެޓް (ބޮޑުކޮށް ފޮތިކޮށްފައި)
1 ރޯ ޓޮމާޓޯ (ބޮޑުކޮށް ފޮތިކޮށްފައި)
50 ގުރާމު މަޝްރޫމް (ބޮޑުކޮށް ކޮށާފައި)
1 ފިޔާ (ބޮޑުކޮށް ފޮތިކޮށްފައި)
1/2 ފިޔާ (ތުނިކޮށް ކޮށާފައި)
އޮލިވް އޮއިލް
ތައްޔާރުކުރާނެ ގޮތް:
- 2 މޭޒުމަތި ސަމުސާ އޮލިވް އޮއިލްގައި ކޮށާފައި ހުރި ކުކުޅު ތަވަލެއްގައި މީރު ކޮށްލާށެވެ. ކުކުޅު ރޯ ފިލަން ފެށުމުން އުނދުން ނިއްވާލާށެވެ.
- ތުނިކޮށް ކޮށާފައިހުރި ފިޔާ، ކެރެޓް، ރޯ ޓޮމާޓޯ، ލޮނުމެދު، އިނގުރު ތަތްނުލަވާ ތެއްޔެއްގައި ތެޔޮފޮދަކާއެކު މީރުކުރާށެވެ. ފިޔާތައް އެއްކޮށް މީރުވުމުން ޗިކަން ސްޓޮކް، ސޯއީ ސޯސް، އޮއިސްޓަރ ސޯސް، މަޝްރޫމް، ބޮޑުކޮށް ފޮތިކޮށްފައި ހުރި ފިޔާ އަޅައި ކައްކާލާށެވެ.
- ކެކެންފެށުމުން 1.5 ޖޯޑު ފެން އޮއްސާލުމަށްފަހު ޗިލީ ޕައުޑަރ، ލޮނު، އަސޭމިރުސް، ޒުވާރި އަދި ކުކުޅުކޮޅު އަޅާލުމަށްފަހު އިރުކޮޅަކު ކައްކާލާށެވެ. އެއަށްފަހު ނޫޑްލްސް އަޅާށެވެ. ނޫޑްލްސް އެއްކޮށް މަޑުނުވަނީސް އުނދުން ނިއްވާލުމަށްފަހު ފަޅިކުރި ބިސްތައް އަޅާށެވެ. ކުޑަ އިރުކޮޅެއް ވަންދެން މަތި ޖަހާލައިފައި ބެހެއްޓުމުން ޗިކަން ރަމެން ނޫޑްލްސް ސޫޕް ހުންނާނީ ތައްޔާރުވެފައެވެ.