ފުލުހުން ޒިންމާދާރު ކުރުވުމަށް، އާންމުންނަށް ފެންނާނެ ގޮތަށް ފުލުހުންގެ ޔުނީފޯމުގައި ސާވިސް ނަމްބަރު ޖަހަން ފަށައިފިކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާ އެބޭފުޅާ ކުރެއްވިި ޓުވީޓުގައިވަނީ ފުލުހުންގެ ޔުނީފޯމުގައި ސާވިސް ނަމްބަރާއި އާންމު ނަން ފެންނާނެ ގޮތަށް ފުލުހަކު ޔުނީފޯމު ލައިގެން ހުންނަ ފޮޓޯއެއް ޓުވީޓުކޮށްފައެވެ.

އެ ފޮޓޯ ޓްވީޓު ކުރައްވަމުން ހަމީދު ވިދާޅުވެފައި ވަނީ އެއީ ފުލުހުން ޒިންމާދާރު ކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެޅި، ކުޑަ ނަމަވެސް މުހިއްމު ފިޔަވަޅެއް ކަމަށާއި، ވަޒީފާއަށް ނުކުމެ، ފުލުހުންގެ ހިދުމަތުގައި އުޅޭ މީހުންނަކީ ކާކު ކަން ރައްޔިތުންނަށް އެނގުމަކީ ފުލުހުންގެ މަސައްކަތް ޒިންމާދާރު ކަމާއެކު އަދާކުރަން ވަރަށް މުހިއްމު ކަމެއް ކަމަށެެވެ.

މި ގޮތަށް ސާވިސް ނަންބަރ އެ ފުލުހުންގެ ޔުނީފޯމްގައި ހަރުކުރުމުން މުޒާހަރާތަކާއި އެއްވުންފަދަ ކަންކަމުގައި ފުލުހުން ނުކުމެ އުޅޭ އިރު އެއީ ކާކުކަން ދެނެގަންނަން ފަސޭހަވެގެން ދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *