މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ފ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
އެ ސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 15:30 އާއި ހަމައަށެވެ.
މެޓުން ބުނީ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ގުގުރުމާއި އެކުގައި ވިއްސާރަކުރާނެ ކަމަށާއި އެ ސަރަހައްދަށް ގަޑިއަކު 35 މޭޭލު ބާރު މިނުގައި ވައިގަދަވާނެ ކަމަށެވެ