ޤަވައިދާ ހިލާފަށް މަގުމައްޗަށް ކުނި އެޅި 72 މީހަކަށް އަނގަބަހުން ނަސޭހަތްދީ 17 ފަރާތެއް ޖޫރިމަނާކޮށްފިއެވެ.
ފުލުހުންގެ އެންވަރަމަންޓް ޕޮލިހުން އާޢްމުކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޤަވައިދާ ހިލާފަށް މަގުމައްޗަށް ނެރެ ކުނި ބެހެއްޓި 75 ތަނަކަށް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. އެގޮތުން މަގުމައްޗަށް ކުނި ނެރެ އެއްކޮށްފައިވާ 23 ގެއަކާއި 26 ފިހާރައެއްގެ އިތުރުން 2 އޮފީހާއި ކެފޭ ރެސްޓޯރަންޓްގެ ގޮތުގައި ހިންގަމުން އަންނަ 10 ތަނެއް ފުލުހުންވަނީ ބަލާފައެވެ.
މީގެތުރުން ކޮންސްޓަރަކްޝަން މަސައްކަތްކުރާ 14 ސައިޓެއް ފާހަގަކުރެވި އެތަންތަނަށްވެސް ފުލުހުން ވަދެ ބަލާފައިވާކަން އެންވަޔަރަމެންޓް ޕޮލިހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެގޮތުން ގަވާއިދާއި ޚިލާފަށް ކުނި އެޅުމުގެ 75 މައްސަލައިގެ ތެރެއިން 61 މައްސަލަ ފުލުހުން ހައްލުކޮށްފައިވާކަމަށް އެ ފަރާތުން ހާމަކުރައްވައެވެ.