މަސްތުވާތަކެއްޗާއި އެކު އދ.މާމިގިލިން މީހަކު ހައްޔަރުކޮށްފައެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ފުލުހުން ވިދާޅުވީ، އދ. މާމިގިލި ޕޮލިސް ސްޓޭޝަނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން، ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މާލެއިން މާމިގިލިއަށް ދަތުރުކުރި ލޯންޗަކުން ފޭބި މީހަކު ހުއްޓުވައި ބަލައި ފާސްކުރި ކުރުމުގެ ތެރެއިން، އެމީހާ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 111 ސެލޯފިން ކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓު ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން 19 އަހަރުގެ ދިވެހި ފިރެހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މާމިގިލި ބަނދަރު ސަރަޙައްދުގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހަމަ އެދުވަހު ހިންގި އޮޕަރޭޝަނެއްގައި، މާމިގިލީ ބަނދަރު ސަރަޙައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިހާރު އެ މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *