މަކީޓާ ބްރޭންޑްގެ ކަރަންޓް ކީހެއް ވަގަށް ނަގައިގެން އެ ވިއްކާލަން އުޅުނު މީހެއް ފުލުހުން ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 10:15 ހާއިރު، ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް އަމީނީ މަގުގައި ހުންނަ މީރާ ކައިރިން ގޯންޏެއް ހިފައިގެން ދިޔަ މީހަކު ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާ އަތުގައި އޮތް ގޯނި ބަލައި ފާސްކުރުމުގެ ތެރޭގައި މަކީޓާ ބްރޭންޑްގެ (5806B) ގެ ކަރަންޓް ކީހެއް ފެނިފައިވާ ކަމަށެވެ. 

އެކަމާއި ގުޅިގެން ފުލުހުން ބެލި ބެލުމުން އެއީ މައްޗަންގޯޅި ގެއަކުން ވަގަށް ނެގުމަށްފަހު ވިއްކާލަން ވެގެން ހިފައިގެން ދިޔަ އެއްޗެއް ކަމަށް ފާހަގަކުރެެވިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، 45 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށެވެ. އަދި މިހާރު ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *