ރަމަޟާން މަހުގެ އެންމެ ހާއްސަ އެއްވަގުތަކީ ރޯދަވީއްލާ ވަގުތެވެ. ރޯދަ ވީއްލާ ގަޑީގައި އެ ހިބޭ ހިތްހަމަ ޖެހުމަކީ ބޮޑު ހިތްހަމަ ޖެހުމެކެވެ. ރޯދައަށް ހުންނަ ކޮންމެ މީހަކުވެސް ބޭނުންވާނީ ރޯދަވީއްލާ ގަޑީގައި އެމީހެއް އެންމެ ހިތް އެދޭ ކާނާތަކާއި ބުއިންތަކުން ސުރުފާމަތި ފުރިފައިވުމަށެވެ. އަރުތެެއެއިން އެންމެ ބޭނުންވާ ކާއެއްޗެތި އެތެރެކޮށް، ފިނި ބުއިމަކުން ކަރުހިއްކުން ފިލުވާލުމަށެވެ.

މާލެއަކީ ކެފޭ/ރެސްޓޯރެންޓްތައް ގިނަ ސިޓީއެވެ. ކެފޭ/ރެސްޓޯރެންޓްތަކުން މި މަތިވެތި ރަމަޟާން މަހުގައި އެންމެ ހާއްސަ އިސްކަމެއްދޭނީ އެމީހުންގެ އިފްތާރު މެނޫއަށެވެ. އެއްބަޔަކަށް ވުރެ ރަނގަޅަށް އަނެއްބަޔަކު އިފްތާރު މެނޫ ތައްޔާރުކުރުމުގައި އަވަދިނެތި އުޅެއެވެ. އެއްބަޔަކަށް ވުރެ މީރު އެއްޗެއް އަނެއްބަޔަކު ތައްޔާރުކުރުމުގައި ހޭބޯނާރާ އުޅެއެވެ. މިގޮތުން ބެލިޔަސް ގިނަ ބަޔަކަށް ކަމުދާ ނުވަތަ ގިނަ ބައެއްގެ މެދުގައި މަގުބޫލު އިފްތާރު މަންޒިލްތައް އެބަހުށްޓެވެ.

އެގޮތުން ކުރީގެ އަރަބިއްޔާ ސްކޫލު ހުންނަ މަގުގައި މާލޭގެ މެދެއްހާ ހިސާބުގައި ދެބުރިއަށް ނަގާފައި ހުންނަ ކަބްސާ ލައުންޖަކީ އިފްތާރެއް ތަޖުރިބާކޮށްލުމަށް ދިޔުން މުހިންމު މަންޒިލެކެވެ.

ކަބްސާއިން އިފްތާރަށް ހާއްސަ ފަސް މެނޫއެއް ތައާރަފްކޮށްފައިވާއިރު، ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގެ މެނޫތައް އުޅެނީ 170ރ އަށެވެ. އަދި ހުކުރު ދުވަހުގެ މެނޫ އުޅެނީ 200ރ އަށެވެ. ކަބްސާއިން ބުފޭގެ ހިދުމަތުގެ އިތުރުން މޭޒަށް ސާވް ކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދެއެވެ. މޭޒަށް ސާވް ކުރާ މެނޫގެ އަގަކީ 100ރ އެވެ. ކަބްސާގެ ކޮންމެ ދުވަހެއްގެ މެނޫގައިވެސް ހުންނަނީ ތަފާތު ރަހަތަކެކެވެ. ދިވެހިންނާއި ގުޅޭ ދިވެހިވަންތަ ރަހަތަކުގެ އިތުރުން އެކި ގައުމުތަކަށް ހާއްސަ ރަހަތަކެވެ. ފިނި ބުއިމާއި، އެތައް ބާވަތެއްގެ ޑެޒަރޓްސްވެސް އެ މެނޫއިން ލިބެން ހުރެއެވެ.

ކަބްސާ ސްޕެޝިއަލް އަކީ ކޮބާ؟

ކަބްސާއަށް އިފްތާރަށް އިންސާފުކޮށްލަން އަންނަ ގިނަ ކަސްޓަމަރުންނަށް އެންމެ ކަމުދާ އެއްޗަކަށްވެފައި އޮންނަނީ އެތަނުގެ ކަންކުންބީފެވެ. ރާއްޖޭގައި ކެއްކުމުގެ ދާއިރާގައި ނުވަ އަހަރު ހޭދަކޮށްފައިވާ ލަންކާގެ ކުޅަދާނަ ޝެފް ތައްޔާރު ކުރާ ކަންކުން ބީފުގެ ރަހަ ވަކިން މީރު ކަމަށް ބައެއް ކަސްޓަމަރުން ބުނެފައިވެއެވެ. 

ކަބްސާއިން އިފްތާރަށް އޯޑަރ ކުރަންވީ ކީއްވެ؟

ކަބްސާއިން ވަނީ އެމީހުންގެ އިފްރާތު މެނޫތަކުން ބޮޑެތި ޑިސްކައުންތައް ތައާފްކޮށްފައެވެ. އެގޮތުން ކޮންމެ ފަސް މީހެއްގެ އޯޑަރަކަށް 6 ވަނަ މީހާއަށް ހިލޭ، އަދި ކޮންމެ 10 އޯޑަރަކުން 11 އަދި 12ވަނަ މީހާއަށް ހިލޭ ރޯދަވީއްލޭނެ ކަމަށް ކަބްސާއިން ބުނެއެވެ. މީގެ އިތުރުން އާއިލީ ރޯދަވީއްލުންތަކަށްވެސް ކަބްސާއިން ވަނީ ފުރިހަމަ މަރުހަބާއެއް ކިޔާފައެވެ. 

ކަބްސާގެ މެނޭޖަރ މުހައްމަދު ރަޒީން، ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، އެތަނުގެ ދެ ފްލޯރވެސް ވަކި ވަކިން ބުކް ކުރެވޭ ކަމަށެވެ. އެގޮތުން މަތީ ފްލޯރ ބުކް ކުރުމަށް 70 މީހުންގެ އޯޑަރެއް ކުރަން ޖެހޭއިރު، ތިރީ ފްލޯރ ބުކް ކުރުމަށް 40 މީހުންގެ އޯޑަރެއް ކުރަން ޖެހޭނެ ކަމަށެވެ.
"ދެ ދުވަސް ކުރިން ބުކް ކުރީމަ ރަނގަޅުވާނެ. މަތީ ފްލޯރ ބުކް ކުރަން ބޭނުންނަމަ އެންމެ މަދުވެގެން 70 އޯޑަރ. ތިރީ ފްރޯރ ނަމަ 40 އޯޑަރ" ރަޒީން ވިދާޅުވިއެވެ.

ކަބްސާއިން ބުނީ އެމީހުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނާއި އެންމެ ގާތުން މަސައްކަތް ކޮށް، ކަސްޓަމަރުން ބޭނުންވާނެ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށްކަމަށެވެ. ކަބްސާގެ އިފްތާރު މެނޫއަށް އޯޑަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 3007999 ނުވަތަ 7409493 ނުވަތަ 7468295 ނަންބަރު ފޯނާއި ގުޅުއްވުމުން ބޭނުން ފުޅުވާ ހިދުމަތް ލިބިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *