ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ފިކްޝަނަލް ޝޯވް އެއްކަމަށްވާ ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަން (ސީޒަން 8) ލިޔެފައި އޮތް ގޮތް ބެލުންތެރިންނަށް ކަމުނުގޮސްގެން ބައި މިލިއަނެއްހާ މީހުން ވަނީ އަލުން މި ސީޒަން މިލިޔުމަށް އެދި ޕެޓިޝަނެއް ހުށައަޅައިފައެވެ. މި ޕެޓިޝަން ހުށައެޅުމުގެ ޖަވާބުގައި ގޭމް އޮފް ތްރޯންސްގެ ލިޔުންތެރިންކަމަށްވާ، ޑޭވިޑް ބެނިއޮފް އާއި ޑީ.ބީ.ވެއިސް ވަނީ ހޫނު ރައްދެއް ދީފައެވެ.
ޑޭވިޑް ބެނިއޮފް ބުނީ އެމީހުންނަކީ މާ ވިސްނުންތޫނު، މޮޅު ބައެއް ނަމަ އެމީހުންގެ އަމިއްލަ ހިޓް ޝޯވް އެއް ހެދުމަށެވެ. މި ކަމަށް ދައުވަތުދީ ޑީ.ބީ.ވެއިސް އަދި ޑޭވިޑް ބެނިއޮފްވެސް ވަނީ ޕެޓިޝަނެއް ހުށައަޅައިފައެވެ.
"އަހަރެމެންގެ ވަރަށް ބޭނުންވޭ އެމީހުން އެކަންތައް ކުރާތަން ދެކެން. އަހަރެން ވަރަށް ބޭނުން އެމީހުން 1500 ހާ ޚިޔާލީ މީހުންގެ ވާހަކަތައް އެއް ސީޒަނެއްގައި އެންމެން އުފާވާނެ ފަދަ ގޮތަކަށް އެއްވެސް ސޯސް މެޓީރިއަލް އެއް ނެތި ގެންނަ މަންޒަރު ބަލަން." ބެނިއޮފް ބުންޏެވެ.
ބެނިއޮފް އާއި ޑީ.ބީ.ވެއިސް ތިބީ ގޭމް އޮފް ތްރޯންސް ސީޒަން އަށެއް އަލުން ލިޔެ، ހަދަން ފެށުމުގެ ވިސްނުމެއްގައި ނޫންކަން އެމީހުން ޕެޓިޝަން ގައި ސޮއި ކުރި މީހުންނަށް ދިން މަލާމާތުގެ ރައްދުތަކުންވެސް އެބަ ދޭހަވެއެވެ.
އެމީހުން ޝޯވް ހަލާކުކޮށްލައި ޕްލޮޓް ހަޑިކޮށްލީއޭ ކިޔައި މީހުން ފާޑުފާޑު ވާހަކަތައް ދައްކައި މީސްމީޑިއާގައި ހަރަކާތްވާ މަންޒަރު ފެނި ދެ ލިޔުންތެރިންވެސް ތިބީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ވަރަށް ގިނަ ނުރުހުމުގެ ބަސްތައް ފޭނުންނާ ދިމާލުން މި މީހުންވަނީ އަމާޒުކޮށްފައެވެ.
ބެނިއޮފް އިތުރަށް ބުނީ އަލުން މި ސީޒަން ލިޔަން ޖެހިއްޖެނަމަ ފުރަތަމަ އެޕިސޯޑުގައި ވައިޓް ވޯކާސް ހުރިހާ ތަރިން މަރައިލާގޮތަށް ގެންނާނެ ކަމަށާއި އެދޭ އެދުންތަކަށް ރައްކާތެރިވުމަށެވެ. މި ދެމީހުންވެސް ތިބީ ވަރަށް ރުޅި ގަދަ ވެފައިހެން އެމީހުން ބޭނުންކުރި ބައެއް ބަސްތަކުން ހީވެއެވެ.