ބައިސްކޯފުން، ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުގެ ބައިވެރުވުމާއި އެކު ޙާއްސަ މަދަހަ އަލްބަމެއް ލޯންޗުކޮށްފިއެވެ.

"އާލަމް"ގެ ނަމުން ނަން ދީފައިވާ މި މަދަހަ އަލްބަމްގައި ޖުމްލަ 8 މަދަހައެއް ހިމެނޭއިރު މިއަދުން ފެށިގެން ބައިސްކޯފުން މި މަދަހަތައް ފެންނަން ހުންނާނެ ކަމަށް ދިރާގުން ބުނެއެވެ.

"މިއަދު މި ލޯންޗު ކުރެވުނު މަދަހަ އަލްބަމުގައި ޖުމްލަ 8 މަދަހަ ހިމެނޭނެ. އަދި މިއަދުން ފެށިގެން ބައިސްކޯފުން އެ މަދަހަތައް ފެންނަން ހުންނާނެ. މީގެ އިތުރުންވެސް ބައިސްކޯފުން 100 އަށް ވުރެ ގިނަ މަދަހަ ފެންނަން ހުންނާނެ" ދިރާގުގެ މެނޭޖަރ ޕްރޮޑަކްޝަން އެންޑް އިނޮވޭޝަން މުހައްމަދު ފާހިރް ވިދާޅުވިއެވެ.

ބައިސްކޯފުގެ ފަރާތުން މި އަލްބަމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ކުޅަދާނަ ޅެންވެރިޔާ، އީސާ ޝަރީފް ވިދާޅުވީ، "އާލަމް"ގައި ހިމެނޭ މަދަހަތަކަކީ ތަފާތު އަދި ރީތި މަދަހަތަކެއް ކަމަށެވެ.

"އާލަމް"ގެ މަދަހަތައް ކިޔާފައިވާ ބައެއް ފަންނާނުންގެ ތެރޭގައި ކުޅަދާނަ ލަވަކިޔުންތެރިޔާ މުމްތާޒް މޫސާ އަދި ރާފިޔާތު ރަމީޒާގެ އިތުރުން އެންމެ ފަހުން ބޭއްވި މޯލްޑިވިއަން އައިޑަލް އިން މަޝްހޫރުކަން ހޯދި ފާތިމަތު ޝައިނާ އަހުމަދު ހިމެނެއެވެ. މީގެ އިތުރުންވެސް އެ އަލްބަމުގައި ބައެއް އިތުރު ފަންނާނުންގެ ޅެންތައް ހިމަނާފައިވެއެވެ.

ބައިސްކޯފަކީ ބައިލައްކައަށް ވުރެ ގިނަ މީހުން ވަންނަ އެޕްލިކޭޝަނެކެވެ. އަދި އެއީ ފިލްމީ ދާއިރާގެ އެތައް ހާސް ކޮންޓެންޓެއް އެއްތަނަކުން ލިބޭނެ ޕްލެޓްފޯމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *