ރަމަޟާން މަހު މާލޭގައި ދުވާލަކަށް 140 ޓަނުގެ ކުނި އުފެދޭކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަަ ދައްކަވަމުން އާދަމް މުހައްމަދު ވިދާޅުވީ، ޖުމްލަގޮތެއްގައި ރޯދަ މަހުގެ ކުރިން މާލޭގެ ގޭބީސީތަކުން ދުވާލަކަށް ނަގަނީ ހަތް ދިހަ ޓަނުގެ ކުނި ކަމަށާއި ނަމަވެސް ރޯދަ މަހުގެ ހަތަރު ވަނަ ދުވަހު 140 ޓަނު އަދި ފަސް ވަނަ ދުވަހު 145 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.

މީގެ އިތުުރުން މާލޭގެ ގޭބީސީތަކުގެ ތެރެއިން ދިހަހާސް ގޭބީސީއެއް ވެމްކޯގައި ރަޖިސްޓްރީ ކޮށްފައި ނުވާކަން ފާހަގަކޮށް އާދަމް މުހައްމަދު ވިދާޅުވީ ވެމްކޯއަށް ރަޖިސްޓްރީކޮށް ޚިދުމަތް ހޯދަމުން ގެންދާ ގޭބިސީތަކުން އެ ކުންފުންޏަށް ޖުމުލަ 25 މިލިއަނެއްހާ ރުފިޔާ ނުދައްކައި އެބަ ހުރި ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.

ވެމްކޯއަށް ހިންގުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށް އާދަމް މުހައްމަދު ވިދާޅުވީ އެ ދަތިތައް އެހެން ހުއްޓަސް ކުރިޔަށް މިއޮތް ދެއަހަރެއްހާ ދުވަސްތެރޭ ވެމްކޯ ނަގާ ކޮޅަށް ޖެހޭނެ ކަމަށާއި، އެ ގޮތުން ރައްޔިތުން ބޭނުންވާ ފެންވަރުގައި ހިދުމަތް ދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އެބޭފުޅުން ކުރާނެ ކަމަށެވެ.

"ރައްޔިތުންނަށް ދެމުންދާ ހިދުމަތް މިހާރަށްވުރެ ފުޅާކުރުމަށް އަޅުގަނޑުމެން މަސަައްކަތަަށް ބޭނުންވާ އިތުރު ވެހިކަލްތައް ކުރިއަށް އޮތް މަހެއް ހާ ދުވަހު ހޯދުމަށް މަސައްކަތް ކުރާނަން" އާދަމް ވިދާޅުވިއެވެ.

ހަމަ އެހެންމެ ކުރިން ވެމްކޯ މުވައްޒަފުން ލައްވާ ސިޔާސީި ކަންތަކުގައި ބައިވެރި ކުރުވި ކަމަށާއި ނަމަވެސް، މިހާރު އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ސިޔާސީ މަސައްކަތް ކަންކަމުގައި ބޭނުން ނުކުރާނެ ކަމަށެވެ. ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފެއްގެ ސިޔާސީ ފިކުރާއެކު ކުރިއަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *