ފްރާންސްގެ ރިވިއޭރާގައި ބޭއްވި 2019 ވަނަ އަހަރުގެ ކޭންސްގެ ރަތް ކާޕެޓްގައި ބޮލީވުޑްގެ މަޝްހޫރު އަންހެން ތަރި، ދީޕިކާ ޕަޑުކޯން ލައިގެން ދިޔަ ހެދުމުގެ އާދަޔާ ޚިލާފުކަން ގިނަ ބައެއްގެ ސަމާލުކަން އަތުލައިގަނެފިއެވެ.

ދީޕިކާގެ ރަސްމީ އިންސްޓަގްރާމް، ޓްވިޓާ އަދި ފޭސްބުކް ޕޭޖުގައި އޭނާ ވަނީ މި ހެދުން އަޅައިގެން ކޭންސްއަށް ދިޔުމުގެ ކުރިން ތަސްވީރުތައް ޢާންމުކޮށްފައެވެ. އޭރުއްސުރެ ފެހި ކުލައިގެ ހެދުމަށް ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް އަމާޒުވާން ވަނީ ފަށައިފައެވެ.

ދީޕިކާ އިންސްޓަގްރާމްގައި ހިއްސާކުރި އެއް ތަސްވީރުގެ ކެޕްޝަނަކަށް ލިޔެފައި އިނީ ދިރިއުޅެމުން ގެންދަނީ ފެހި ލުނބޯ ދިރިއުޅުމެއްކަމަށް ޖަހައިފައެވެ. 

72 ވަނަ ކޭންސް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި ދިޕީކާ ލައިގެން ދިޔަ "Giambattista Valli"ގެ ލައިމް ގްރީން ކުލައިގެ ޓޫލް ފޮތީގެ ހެދުމަކީ އޭނާއާއި ވަރަށް ގުޅޭ ހެދުމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މި ހެދުމުގައި ޓޫލް ފޮތީގެ އެތައް ފަށަލައެއް ހުއްޓެވެ. ގިނަ ފޮތި ފަށަލަ ބޭނުން ކުރުމުގެ ސަބަބުން ހެދުން އޮތީ ފުއްޕުމުގެ އިތުރުން ފޮޅިފައިވެސް މެއެވެ.

އެހައި ގިނަ ފެހިކުލައިގެ ފަށަލަ ހުރުމުން ބައެއް ފޭނުން އަންނަނީ މިހެދުމަކީ ފެހި ކުލައިގެ ކެބެޖެކޭ ބުނަމުންނެވެ. ނަމަވެސް ގިނަ މީހުން އަންނަނީ މި ހެދުން އަދި ދީޕިކާގެ މޭކަޕަށް ތައުރީފުކޮށް މީސްމީޑިއާގައި ވާހަކަތައް ދައްކައި ޚިޔާލުތައް ފާޅުކުރަމުންނެވެ.

ދީޕިކާގެ ހެދުން ތައްޔާރުކުރި މީހާގެ ނަމަކީ ޕީޓަރ ޑަންޑަސް އެވެ.

2018 ވަނަ އަހަރުގައިވެސް ދީޕިކާ ވަނީ ވަރަށް އާދަޔާ ޚިލާފު، މީހުންގެ ސަމާލުކަން ދަމައިގަތް ހެދުމެއްގައި ކޭންސްގެ ރަތް ކާޕެޓް ޝަރަފުވެރިކޮށްދީފައެވެ.

މި އަހަރުގެ ކޭންސް ފިލްމް ފެސްޓިވަލަށް ދިޔަ އިތުރު ބައެއް މަޝްހޫރު ބޮލީވުޑްގެ ތަރިންނަށް ބަލާއިރު ޕްރިއަންކާ ހިމެނެއެވެ. ޕްރިއަންކާއަދި އޭނާގެ ފިރިމީހާ، ނިކް ޖޯނަސް ދިޔައީ ހުދު ހެދުމުގައި ކައިވެނީގެ ހަފްލާއަކަށް ތައްޔާރުވެގެން ތިބި ޖޯޑެއް ފަދައިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *