ދަތުރުކޮށްފައި ދަނިކޮށް ކަނޑުމައްޗަށް ހުއްޓި ހާލުގައި ޖެހުނު ދޯންޏަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ވިދާޅުވީ، ލ. އަތޮޅަށް ނިސްބަތްވާ އެ ދޯނި ހުއްޓުނީ ވ. ފެލިދޫ އާއި ހަ މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ކަމަށާއި ދޯނި ހުއްޓިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ ރޭ 9:22 ހާއިރު ކަމަށެވެ.

ފުލުހުން ވަނީ ހުއްޓުނު ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީ އެ ދޯންޏަށް އަލުން ދަތުރުކުރެވޭނެ ގޮތް ހަދައިދީފައެވެ.

އިންޖީނު ހުއްޓި ހާލުގައި ޖެހުނު ދޯނީގައި ތިބީ ކިތައް މީހުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *