ލ. މާވަށު ފަޅު ތެރޭގައި އޮތް ކޮޅުވެއްޓިއެއް ކަމަށްވާ އޭޑީކޭ އުލާނީ ލާންޑިން ކުރާފްޓް ތެރޭގައި ބ. އޭދަފުށީ ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނިޔާވެފައި އޮއްވާ ފެނުނީ އެ ކޮޅުވެއްޓީގެ ކެޕްޓަންއެވެ.
ކޮޅުވެއްޓި ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ ބ. އޭދަފުއްޓަށް ނިސްބަތްވާ އަހުމަދު ނަސީމުއެވެ.
އޭނާ ނިޔާވެފައި އޮތްކަން އެނގުނީ ރޭ 3:00 ޖަހާކަންހާއިރު ހާރުކާން ގޮވުމުން ނުހޭލުމުން ބެލިއިރުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ނަސީމްގެ ހަށިގަނޑު މިހާރު މާވަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާއިރު، މިހާރު އެރަށުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.