ރާއްޖޭގެ މަޝްހޫރު ފިލްމީ ޖޯޑު، އަޙްމަދު ސަޢީދު އާއި ފާތިމަތު އާޒިފާ (އަޒޫ)އަށް އަންހެން ދަރިއެއް ލިބިއްޖެ އެވެ.
އަޒޫ ވިހެއީ މިއަދު މެންދުރު 12:45 ހާއިރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައެވެ.
މުނިފޫހިފިލުމުގެ ހަބަރުތައް ގެނެސްދޭ "މުނިއަވަސް" އަށް މައުލޫމާތު ދެމުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އެތައް ފިލްމެއް ކުޅެފައިވާ ސައީދު ބުނީ އައިޖީއެމްއެޗްގައި އަޒޫ އެޑްމިޓްކުރީ މިއަދު ފަތިހު 05:30 ގައެވެ. އަދި އަޒޫ ވިހެއީ ޑޮކްޓަރު ބުނެފައިވާ ތާރީޚްގެ މާކުރިން ކަމަށް ސަޢީދު ބުންޏެވެ.
"ޑޮކްޓަރު ދީފަ އޮތް ޑިއު ޑޭޓަކީ ޖޫން ނުވައެއް. އިރާދަކުރެއްވީތީ ދެމައިންގެ ހާލުވެސް ރަނގަޅު" ވަރަށް އުފަލުން ހުރެ ސައީދު ބުންޏެވެ.
އަޒޫ އާއި ސައީދު ކައިވެނި ކުރީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.