ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނޫން ބޭފުޅަކަށް ރައީސް ޞާލިހް ތާއީދު ކުރައްވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން މުހައްމަދު އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާގެ ހައިސައްޔަތުން، ރައީސް ޞާލިހް މަޖިލިސްގެ ރައީސް ކަމުގެ މަގާމަށް ވަކި ބޭފުޅަކު ގެނައުމަށް ފާޅުގައި ކެމްޕޭން ކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި މިދިޔަ ދުވަސްތަކުގައި ރައީސް ޞާލިހާއި އެކު ސިޔާސީ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ވެސް ވަރަށް ބައިވަރު މަސައްކަތް ކޮށްފައިވާ މީހަކަށް އެބޭފުޅާ ވާތީ، މަޖިލީހުގެ ރައީސްކަމަށް ގެންނަން ރައީސް ޞާލިހް ތާއީދު ކުރައްވާނީ އެބޭފުޅާއަށް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމަކީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ އަދި މަޖިލީހުގެ ތަޅުމާއި ދޯޅަ ބޭފުޅެކެވެ.

އަސްލަމް އެހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ރައީސް ކަމަށް ގެންނަން، ރައީސް ޞާލިހް ތާއީދު ކުރައްވަނީ، ވިލިފުށީ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވި، ހަސަން އަފީފަށް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ހަސަން އަފީފަކީ މީގެ ކުރިންވެސް މަޖިލީހުގައި ތ އަތޮޅުގެ މެންބަރުކަން ގިނަ އަހަރުތަކެއް ވަންދެން ކުރައްވާފައިވާ ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *