އައްޑޫ ސިޓީ މަރަދޫ ސްލިޕްވޭ ކައިރިން ދެ ސައިކަލު ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، އެ އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ މިރޭ 19:13 ގައި ކަމަށެވެ.

އެ އެކްސިޑެންޓްގައި، އެތަނުން އެއް ސައިކަލް ދުއްވަން އިނީ 42 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ލައިސެންސް ނޯންނަ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އަނެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައިވެސް ލައިސެންސް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި ތިން މީހަކަަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެމީހުންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

އައްޑޫ ސިޓީ މަރަދޫގައި ދެ ސައިކަލު ޖެހި އެކްސިޑެންޓްއެއް ހިނގައިފައިވާއިރު، ރޭވެސް ވަނީ އައްޑޫ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނެއްގެ ހާލު ސީރިއަސްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *