ނ.ލަންދޫގެ ދެ ގެއަކުން ވަގަށް ނެގި ގިނަ އަދަދެއްގެ ވަކިލާރިތަކުގެ ތެރެއިން ބައެއް ވަކިލާރި ފުލުހުން ހޯދައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިމަހުގެ 10 ވަނަ ދުވަހުގެ ދަންވަރު ނ.ލަންދޫގެ ދެ ގެއަކުން ވަކި ލާރިތަކެއް ގެއްލިގެން ފުލުހުންނަށް، އެދުވަހުގެ ހެނދުނު 8:00 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

ފުލުހުން ވިދާޅުވީ، އެ ރަށުގެ އެއް ގެއިން ގެއްލިފައިވާ ކަމަށް އަންދާޒާ ކުރެވެނީ 500 ރުފިޔާ ކަމަށާއި އަނެއް ގެއިން ގާތްގަނޑަކަށް 3000 ރުފިޔާ ގެއްލިފައިވާ ކަމަށެވެ. 

ފުލުހުން ވިދާޅުވީ، އެމައްސަލައާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން، އެ ދެ ގެއިން ގެއްލުނު ކަމަށް ބެލެވޭ ވަކި ލާރިތަކުގެ ތެރެއިން އެއްބައި، އެރަށު އިރުމަތީކޮޅުގައި ހުންނަ ކުނިގޮނޑު ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެރަށު ކުނިގޮނޑު ސަރަހައްދު ބަަލައި ފާސްކުރުމުގެ ތެރޭގައި ފެނުނީ 1287.89 ދިވެހި ރުފިޔާ އަދި 41 އިންޑިއަން ރުޕީސް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެ ހާދިސާއާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *