ޗިކަންގުންޔާ ޖެހިގެން ދެ ކުއްޖެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަދިރީގެ ޒަރިއްޔާ އިން ޖެހޭ ޗިކަންގުންޔާ ޖެހުނު ދެ ކުއްޖެއްގެ ސިކުނޑި އިންފެކްޓް ވެގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. ފައިސަލް ވަނީ އެ ދެ ކުދިންނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ކޮށްދިނުމަށް އެދިފައެވެ.

ޗިކަންގުންޔާ ޖެހުނު ދެކުއްޖެއްގެ ހާލު ސީރިއަސްވެފައިވާއިރު،  ޗިކަންގުންޔާ ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

އެގޮތުން ޗިކުންގުންޔާ ޖެހިގެން މި އަހަރު މިހާތަނަށް 839 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، ހުސްވި މަހުގައި އެކަނި ވެސް ޗިކަންގުންޔާ ޖެހިގެން 307 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޗިކަންގުންޔާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެއިންނެވެ.

ޗިގަންގުންޔާ އަކީ އީޑީސް މަދިރީގެ ޒަރީއާއިން ޖެހޭ ބައްްޔެކެވެ. އެޗްޕީއޭއިން ވަނީ އެބަލިން ރައްކާތެރިވުމަށް ހަށިގަނޑު ބޮޑަށް ނިވާވާނެ ގޮތައް ހެދުން އެޅުމާއި މަދިރި އާލާ ވާނެ ހެން ހުންނަ ތަންތަން ނައްތާލުމަށް އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *