މަޝްހޫރު ރިއޭލިޓީ ތަރި ކިމް ކާޑޭޝިއަން އަދި އޭނާގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އަށް ލިބުން ދަރިފުޅަށް ކިޔާ ނަން ހާމަކޮށް، އެ ކުއްޖާގެ ފޮޓޯއެއްވެސް ޢާންމުކޮށްފިއެވެ.

ކިމް ކާޑޭޝިއަންގެ ރަސްމީ އިންސްޓަގްރާމްގައި އަދި ޓްވިޓާ ޕޭޖުގައި އޭނާ ވަނީ އޭނާއާއި ކާންޔޭ އާއި ދެމީހުންގެ ޗެޓްލޮގެއްގެ ފޮޓޯ ޢާންމުކޮށްފައެވެ. ކާންޔޭ އިނީ ކިމްއަށް އެ ދެމަފިރިންގެ ދަރިފުޅުގެ ފޮޓޯ އެއް ފޮނުވުމަށްފަހު މައިންގެ ދުވަހުގެ ތަހްނިއްޔާ އަދާ ކޮށްފައެވެ. މީގެ ކެޕްޝަނަކަށް ކިމް ލިޔެފައި އިނީ އޭނާގެ ދަރިފުޅުގެ ނަމެވެ. "Psalm West" މިފަދައިންނެވެ.

ރިޕޯޓުތަކުން ބުނަނީ މި ނަން ކިޔަނީ ސާމް ވެސްޓް މިފަދައިންކަމަށާއި އެނަމުގައި އިން ޕީ އަކުރަކީ ސައިލެންޓް (ހަމަހިމޭން) އަކުރެއްކަމަށެވެ.

ސާމް ވެސްޓަކީ އެމީހުންގެ ދީންކަމަށްވާ ކްރިސްޓިއަން ދީނުގެ ނަމެކެވެ.

އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުވެސް ކިމް އަމާޒުކުރީ ތަފާތު ނަމެއް އޭނާގެ ދަރިފުޅަށް ކިޔުމަށެވެ.

ކިމް އާއި ކާންޔޭގެ ހަތަރުވަނަ ދަރިފުޅު ދުނިޔެއަށް އައީ ސަރޮގޭޓެއް މެދުވެރިކޮށެވެ. ކިމް ބުނީ އޭނާވެސް ކާންޔޭވެސް އަދި ދަރިން ހޯދަން ބޭނުންވާކަމަށާއި ކާންޔޭ ބޭނުންވަނީ ހަތް ކުދިން ކަމަށެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ތަރިގެ ހަތަރުވަނަ ދަރިއަށް އޭނާގެ އާއިލާއިންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންވެސް މަރުހަބާ ކިޔަމުން އަންނަނީ ވަރަށް އުފާވެރިކަމާއެކުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *