ރޭ ދަންވަރު ހިތަދޫ ބޮޑު މަގުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު ނަދީމް އިތުރު ފަރުވާއަށް މާލެ ފުރުވާލައިފިއެވެ.
ހިތަދޫ، މުތީ، ނަދީމް މޫސާ އިތުރު ފަރުވާއަށް މިއަދު މާލެ ފޮނުވާލާފައިވަނީ ވެންޓިލޭޓަރގެ އެހީގައި ކަމަށާއި މާލެ ފުރުވާލި އިރުވެސް އޭނާގެ ހާލު ސީރިއަސް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނަދީމް އިތުރު ފަރުވާއަށް މާލެ ފުރުވާލިއިރުވެސް ހާލު ސީރިއަސް ކަމަށާއި، ފުރުވާލީ އިތުރު ފަރުވާ ދެވެން ނެތިގެން ވެންޓިލޭޓަރގެ އެހީގައެވެ. އެކްސިޑެންޓްވުމުގެ ސަބަބުން ނަދީމްގެ ބޮލިގެ ނާށިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ.
މިއެކްސިޑެންޓުގައި ނަދީމްގެ މޫނާއި ކޮނޑާއި ފަޔާއި އަދި ލޮލުގެ އިތުރުން ބޮލަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ކުރީގެ ރީތިފޮޓޯ އިމާރާތް ކުރިމަތިން ކާރެއް ގޯޅި އަޅާލިއިރު ސައިކަލުން ގޮސް ކާރުގައި ޖެހިގެންނެވެ.