އެމްއެމްޕިއާރސީގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހަށް ލިބިވަޑައިގެންނެވިކަމަށް އަލީ އާރިފް، އަަދި ހިޔާނާތުގެ ފައިސާ ލިބުނު އެމްޑީޕީގެ މެމްބަރުންގެ ލިސްޓް އެނގިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި ވިދާޅުވުމަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް، އޭސީސީގެ ތަހުގީގުގައި ދެ ބޭފުޅުން ވިދާޅުވެއްޖެ އެވެ.

އެ ދެ ބޭފުޅުން މިފަދައިން ވާހަކަ ދެއްކުމާއި ގުޅިގެން އޭސީސީއަށް ދެ ބޭފުޅުން ހާޒިކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. 

ނަމަވެސް އޭސީސީއަށް ހާޒިރުކުރުމުން ފެނިގެންދިޔައީ އަބްދުއްރަހީމް އަދި އާރިފްގެ ފިޑިކަމެވެ. 

އޭސީސީން މައްސަލަ ތަހުޤީގުކުރުމަށްފަހު އެ ރިޕޯޓް މިއަދު ހާމަކުރެއްވިއިރު، އެ ރިޕޯޓުގައު ބުނެފައިވާ ގޮތުން، ތަހުގީގީ އިދާރާއަކަށް ހާޒިރުކުރުމުން އާރިފާއި އަދުރޭއަށް ވެސް އެނގިވަޑައިގަންނަވާ އެއްޗެއް ނެތެވެ.

ތަހުގީގުގައި ދެބޭފުޅުންވެސް ބުނެފައިވަނީ އެއީ އެއްޗެއް އެނގިގެން ދެއްކި ވާހަކަ ތަކެއް ނޫން ކަމަށާއި އެހެންނަމަވެސް އެއީ ސިޔާސީ ގޮތުން ދެއްކެވި ވާހަކަ ތަކެއް ކަމަށެވެ.

"އެއީ ސިޔާސީ ގޮތުން ދައްކަވާފައިވާ ވާހަކައެއް ކަމަށާއި އާންމުކޮށް ސިޔާސީ މަޝްރަހުގައި އެހެން މީހުން ވެސް ވާހަކަދައްކަނީ ހަގީގަތް ބަލައިގެން ނޫން ކަމަށް،" އެއް މެމްބަރަކު ވިދާޅުވި ކަމަށް، ރިޕޯޓުން އެނގެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ބެހި ވާހަކަ އޭނާއަށް އެނގިވަޑައިގަތީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކަމަށް ތަހުގީގުގައި ވިދާޅުވިޔަސް، އެ ވާހަކަ ދެއްކެވީ ކޮން މެމްބަރެއް ކަމާއި އެ ފައިސާ ސީދާ ވަކި މީހަކަށް ލިބުނުކަން ފާހަގަކުރެއްވުނުކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް، އެ މެމްބަރު ވިދާޅުވި އެވެ.

އަދި މިއީ އަލީ އާރިފާއި އަދުރޭ ހާޒިރުކޮށް ކުރި ތަހުގީގެއް ނަމަވެސް އޭސީސީގެ ރިޕޯޓްގައި އެ ބޭފުޅުންގެ ނަމެއް ގެނެސްފައެއް ނުވެއެވެ.

އޭސީސީން ބުނި ގޮތުގައި އެއިން ބޭފުޅަކު ކޮމިޝަނަށް ހާޒިރުކުރުމުން "އެއްވެސް މައްސަލައެއްގައި ތަހުގީގު ކުރިއަށް ގެންދެވޭ ވަރަށް މައުލޫމާތު ދީފައެއް ނުވެ" އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *