ބޭނުންވާތަކެތި:

8 ޗޫރޯ ތައްޔާރުކުރުމަށްޓަކައި:

1 ޖޯޑު ފެން (240 މިލި ލިޓަރ)

2 ސައިސަމުސާ ހަކުރު

2 މޭޒުމަތި ސަމުސާ ކަނޯލާ އޮއިލް

1 ޖޯޑު ފުށް (125 ގުރާމު)

2 ބިސް

ހޭޒަލްނަޓް ކްރަމްޕީ ދަޅެއްގެ އެއްބައި (ފިލިންގް އަށް)

1 ޖޯޑު ހަކުރު (ކޯޓިންގ އަށް)

1/4 ޖޯޑު ފޮނިތޮށި ( މުގުރާފައި)

ތެޔޮ (ތެލުލުމަށް)

ތައްޔާރުކުރާނެ ގޮތް:

1. ފުރަތަމަ ތަވަލެއްގައި ފެން، 2 ސަމުސާ ހަކުރު އަދި ކެނޯލާ އޮއިލް އެޅުމަށްފަހު ކައްކާށެވެ. ކެކެން ފެށުމުން އުނދުން ނިއްވާލުމަށްފަހު ތަވަލަށް ފުށް ޖޯޑު އޮއްސާލާށެވެ. އަދި ވަރަށް އަވަހަށް އެއްކުރާށެވެ. (އެއްވެސް ވަރަކަށް ބޮކި ނުހުންނަ ވަރަށް އެއްކުރަން ވާނެއެވެ.)

2. ދެން ފުށްގަނޑަށް ދެ ބިސް އެޅުމަށްފަހު އޮމާންވަންދެން ގިރާލާށެވެ. މި ފުށްގަނޑު އައިސިންގ ޖަހާފަދަ ޕައިޕަކަށް އެޅުމަށްމަހު ތުންގަނޑު ތަރިއެއްހެން އިންނަ ކޮޅު ބޭނުންކޮށްގެން ޗޫރޯ ހަދާށެވެ. މި ޗޫރޯތައް 1 ގަޑިއިރު ވަންދެން ފްރިޖަށް ލައި ގަނޑުކުރާށެވެ.

3. ގަނޑުކުރުމަށްފަހު ޗޫރޯތައް ރަންކުލަ ޖެހެންދެން ތެލުލާށެވެ. ތެލުލުމަށްފަހު ހިހޫވަންދެން ބަހައްޓާށެވެ.

4. ތެލުލުމަށްފަހު ކޯޓުކުރާށެވެ. ކޯޓުކުރުމަށް ބޭނުންކުރާނީ 1 ޖޯޑު ހަކުރު އަދި 1/4 ޖޯޑު މުގުރި ފޮނިތޮށި އެއްކުރުމަށްފަހު އެއެވެ.

5. ދެން ޗޫރޯގެ މެދުން ދިގުކޮށް ހޮޅިއެއްފަދަ އެއްޗެއް ކޮއްޕާލައި ހޮޔެއް ހަދާށެވެ. އަދި އޭގެ ތެރެއަށް ހޭޒަލް ނަޓް ކްރަމްޕީ އަޅައި ފުރާލާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *