ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް އެހީވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ސެމިނާތަކެއް ހިންގައިފިއެވެ.

މި ސެމިނާތައް ކުރިއަށް ގެންގޮސްފައި ވަނީ މާޗް 19 އިން މޭ 10 ގެ ނިޔަލަށް އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދިގުރަށް، ވ. ތިނަދޫ، ކ.މާފުށި، ބ. ދަރަވަންދޫ، އައްޑޫ ސިޓީ، ލ. ގަން، ގދ. ތިނަދޫ އަދި މާލޭ ގައެވެ.

ރާއްޖޭގެ އެގާރަ ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ މި ސެމިނާތަކުގައި ޖުމުލަ 177 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެމްއެމްޕީއާރްސީން ހާމަކުރައްވައެވެ. 

ގެސްޓްހައުސް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަމެކެވެ. އެ ވައުދުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެމިނާތައް ބޭއްވީ އެމްއެމްޕީއާރްސީ އާއި މޯލްޑިވްސް ގެޓްއަވޭސް އަދި ދިވެހިރާއްޖޭގެ ގެސްޓްހައުސް އެސޯސިއޭޝަން ގުޅިގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *