ރުއްގަސް ނެގުމުގެ ގަވައިދަށް އިސްލާހު ގެނައުމަށް އާންމުންގެ ހިޔާލު ހޯދަން އެންވަޔަރަމެންޓު މިނިސްޓްރީން ނިންމައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ކުރި ޓުވީޓެއްގައި އެމިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިޔުމާއި ބެހޭ ގަވާއިދަށް އިސްލާހު ގެނައުމަށްޓަކައި އާއްމުންގެ ހިޔާލު ހޯދުމަށް ފޯރަމެއް ބާއްވަން ނިންމާފައިވާކަމަށެވެ.
އެގޮތުން މިކަމަށް ހާއްސަކޮށްގެން ބާއްވާ ފޯރަމް މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 ގައި ރަސްރަނި ބަގީޗާގެ އެންފިތިއޭޓާގައި ބާއްވަން ނިންމާފައިވާއިރު އެ ފޯރަމުގައި ހުރިހާ ބޭފުޅުން ވެސް ބައިވެރިވުމަށް އެމިނިސްޓްރީން ވަނީ ދައުވަތު އަރުވާފައެވެ.