ބޭނުންވާތަކެތި:

ފުށްގަނޑު ތައްޔާރުކުރުމަށްޓަކައި:

1 ޖޯޑު ފުށް

2 ސައިސަމުސާ ބޭކިންގ ޕައުޑަރ

1 ސައިސަމުސާ ހަކުރު

1/2 ސައިސަމުސާ ލޮނު

1 މޭޒުމަތި ސަމުސާ މާޖިރިން

1/2 ޖޯޑު ރޯ ކިރު

މަސްގަނޑު ތައްޔާރުކުރުމަށްޓަކައި:

200 ގުރާމުގެ ގެރިމަސް (ޗިސްކޮށްފައި)

1 ކެރެޓް (ގާނައިފައި)

1 ޖޯޑު ކެބެޖް (ތުނިކޮށް ކޮށާފައި)

1 ފިޔާ (ވަރަށް ކުދިކޮށް ކޮށާފައި)

1 ބިސް

ސޯސް ތައްޔާރުކުރުމަށްޓަކައި:

1 ސައިސަމުސާ ހަކުރު

1 މޭޒުމަތި ސަމުސާ ސޯއީ ސޯސް

1 މޭޒުމަތި ސަމުސާ ވެޖިޓަބަލް އޮއިލް (ތެޔޮ)

ތައްޔާރުކުރާނެ ގޮތް:

1. ފުރަތަމަ ތަތްނުލަވާ ތަވަލެއްގައި ގްރައުންޑް ބީފް ކޮޅު ހެލުމަށްފަހު އޭގެ ކުލަ ބަދަލުވާން ފެށުމުން ފިޔާ، ކެބެޖް، ކެރެޓް އަޅައި އިރުކޮޅެއް ވަންދެން ހަލާށެވެ.

2. ފުށްގަނޑު ތައްޔާރުކުރުމަށްޓަކައި ފުށް، ބޭކިންގ ޕައުޑަރ، ހަކުރު، ލޮނު އަދި މާޖިރިން އެއްކުރާށެވެ. އަދި މަޑު ފުށްގަނޑެއް ހެދެންދެން މަދުމަދުން ކިރު އަޅަމުން މޮޑޭށެވެ.

3. ފުށްގަނޑު ހެދުމަށްފަހު ވަށްކޮށް ކުދި ރޮށިތަކެއް ދަމާށެވެ. ރޮށި ވާން ޖެހޭނީ އެހައި ތުނިނޫން ހެޔޮވަރެއްގެ ބޯމިން ހުންނަ ރޮއްޓަކަށެވެ. އެއަށްފަހު ރޮށިގެ މެދަށް ތައްރާރުކުރި ބީފް މަސްގަނޑުގެ މޭޒުމަތީސަމުސާއެއް އަޅާށެވެ. އަދި ފެން ލުމަށްފަހު ތިރީގައިވާ ތަސްވީރުން ދައްކާ ގޮތަށް ބަންދުކޮށްލާށެވެ.

4. ދެން ޑަމްޕްލިންގ 15 މިނެޓްވަންދެން އާވީގައި ކައްކާށެވެ.

5. ސޯސް ތައްޔާރުކުރުމަށްޓަކައި ހަކުރު، ސޯއީ ސޯސް، ވެޖިޓަބަލް އޮއިލް އެއްކުރާށެވެ. ސޯސް ރަހަ ހެޔޮވަރު ކުރުމަށްޓަކައި ބޭނުންނަމަ ލޮނުމެދު، އޮއިސްޓަރ ސޯސް އަދި މުގުރި އަސޭމިރުސް އަދި މިރުސް އެޅިދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *