އުމުރުން ނުވަ އަހަރުގެ ކުއްޖަކަށް، އޭނާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެ ޖިންސީ އަނިޔާ ކުރަމުން ދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުސް ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރަމުންދާ ކަމަށް މި މަހުގެ 10 ވަނަ ދުވަހު އެ އިދާރާއަށް ހުށަހެޅި މައްސަލައެއް އިތުރަށް ބެލިބެލުމުން އެ އަނިޔާކުރަނީ ކުއްޖާގެ 18 އަހަރު ނުފުރޭ ދެ ބޭބެކަން އެނގިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހިމެނެނީ ހހުސް ކުޑަކުދިންތަކެއް ކަމުން މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ފުރައްސާރަ ކުރުން ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ވަނީ އެފަދަ އެތައް މައްސަލައެއް ފެންމަތިވެފައެވެ. އަދި ދާދި ފަހުން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ނަހަލާލަށް ބަލިވެ އިނދެ ވިހައި، ތުއްތު ދަރިފުޅު މަރުވި މައްސަލައެއްވެސް ފެންމަތިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *