ޕިއްޒާއަކީ އޭގައި ގިނަ އަދަދެއްގެ ފެޓްސް އާއި ކާބްސް އެކުލެވޭ ކާނާއެއްކަމުން އެއީ ހެނދުނުގެ ނާސްތާއަށް ބޭނުންކުރަން އެންމެ އެކަށީގެންވާ ކާނާކަމަށް ނުވެދާނެއެވެ. ނަމަވެސް ޕިއްޒާއަކީ އޭގައި ގިނަ އަދަދެއްގެ ޕްރޮޓީންވެސް އެކުލެވޭ ކާނާއެކެވެ.

ޕިއްޒާގެ މައްޗަށް އަޅާ ޗީޒާއި ކޮންމެ ވައްތަރުގެ މަހެއްގެ ސަބަބުންވެސް ޕިއްޒާއަށް ގިނަ އަދަދެއްގެ ފައިދާހުރި މާއްދާތައް އެކުލަވައިދެއެވެ. ކުރުގޮތަކަށް ބުނާނަމަ ދުވާލު ގަޑީގައި ބަނޑު ފުރިފައި ހުރުމުން ހަކުރު ގިނައިން އެތެރެ ކުރާކަށް ނުޖެހޭނެއެވެ.

ޗެލްސޭ އަމިރ ނަމަކަށް ކިޔާ ނިއުޓްރިޝަނިސްޓަކު ބުނީ، ޕިއްޒާ ފޮއްޗަކާއި ސީރިއަލް ބޯތައްޓެއްގައި ކެލަރީސް އެކުލެވިގެންވަނީ ގާތްގަނޑަކަށް އެއްވަރަކަށެވެ. ނަމަވެސް ޕިއްޒާގައި މަތީ މިންވަރަކަށް ޕްރޮޓީން އެކުލެވިގެންވުމުން މީހާ ތާޒާކުރުވައި މީހާގެ ގައިގައި ވަރު ޖައްސުވާނެ ކަމަށް ޗެލްސޭ ބުންޏެވެ.

ގިނަ ނިއުޓްރިޝަނުންނާއި ކާނާއާއި ބެހޭ އެއްޗެހި ރަނގަޅަށް އެނގޭ މީހުންނަކީ ހެނދުނުގެ ނާސްތާއަށް ސީރިއަލް ކެއުން އިޚްތިޔާރުނުކުރާ މީހުންނެވެ. ސީރިއަލްއަކީ ހަކުރާއި ގްރެއިން އިން އުފައްދާފައިވާ ކާނާއެއްކަމުން އެ ކެއުމުން އަވަހަށް ބަނޑު ފުރުނަސް ވަރަށް އަވަހަށް އޭގެ އަސަރު ފިލައިދާކަމަށް ވެއެވެ. ސީރިއަލް އަކީ ހަކުރުން ފުރިފައިވާ ކާނާއަކަށްވުމުން ދަތްތަކަށްވެސް ގެއްލުންދެއެވެ.

ޕިއްޒާއަކީ ސީރިއަލް އަށްވުރެ ހެނދުނުގެ ނާސްތާއަށް މާ އެކަށީގެންވާ ކާނާއެއްކަމަށް ނިއުޓްރިޝަނިސްޓުން ބުނިނަމަވެސް ހެނދުނުގެ ނާސްތާއަށް ޕިއްޒާ ކެއުމަށް ނިއުޓްރިޝަނުން އިލްތިމާސެއް ނުކުރެއެވެ. ދެން ސުވާލަކީ އެހެން ކަމަށް ވަނީނަމަ ހެނދުނުގެ ނާސްތާއަށް ކެއުން އެންމެ ރަނގަޅީ ކޮން ކާނާއެއްތޯއެވެ.

ބިހަކީ ހެނދުނުގެ ނާސްތާގައި ކެއުމަށް އެންމެ އެކަށީގެންވާ ކާނާއެވެ. އޭގައި ގިނަ އަދަދަކަށް ޕްރޮޓީންއާއި ފައިދާހުރި މާއްދާތައް އެކުލެވިގެންވުމާއެކު ބިހަކީ ތައްޔާރުކޮށްލަންވެސް ނުލާހިކު ފަސޭހަވެގެންދާނެ ކާނާއެކެވެ.

ދުނިޔޭގައި ގިނަ ވައްތަރުގެ ކާނާ ހުރިއިރު ހެނދުނުގެ ނާސްތާއަށް ޕިއްޒާ ކައިގެން ދެރަވެގެން އުޅޭކަށް ނުޖެހެއެވެ. އެއީ ސީރިއަލްއަށްވުރެ ފައިދާހުރި އެއްޗަކަށް ޕިއްޒާވާތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *