މޮރޮކޯގައި އަށާރަ އަހަރުގެ ޒުވާން ފިރިހެނަކު މިސްކިތަށް ދިޔަމަގުމަތީގައި، އޭނާގެ ގަޔަށް ވަޅިޖަހައި ޝަހީދުކޮށްލައިފިއެވެ.
އޭނާ ޝަހީދުކޮށްލައިފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑު 8:00 ހާއިރު މިސްކިތައް ދިޔަ މަގުމަތީގައެވެ.
އައިރިޝް ޕޮލިހުން މޮރޮކޯގެ ނޫސްތަކަށް މައުލޫމާތު ދިންގޮތުން އެހެން ޒުވާނަކު އަންނަނީ އެމީހުންގެ ތަހުގީގުގައި އެހީތެރިކަން ފޮރުކޮށްދެމުންނެވެ. މި ޤަތުލާއި ގުޅިގެން އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.
ޝަހީދުވި ޒުވާނާގެ ނަމަކީ އައްޒާމް ރަޤްރަޤުއި އެވެ. ރިޕޯޓްތަކުން ބުނާގޮތުން އޭނާއަށް ހަމަލާދިނީ މިސްކިތެއްގައި އޮތް ރޯދަވީއްލުމުގެ މުނާސަބާތަކަށް ދަނިކޮށެވެ. އައްޒާމްގެ ގަޔަށް ވަޅިޖެހުމުން "St James’s Hospital" ގައި ފަރުވާދެމުންދަނިކޮށް އޭނާ ވަނީ މަރުވެފައެވެ.
އައްޒާމްގެ މަންމަ ހިތާމަކޮށް ރޮއި ހަދާ މަންޒަރުގެ ވީޑިއޯއެއް އަންނަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.
"ﷲއަށް ހަމްދުހުރި، އޭނާއަށް ދުޢާކޮށްދީ. އޭނާ މަރުވެގެންދިޔައީ ޝަހީދެއްގެ ގޮތުގައި." އައްޒާމްގެ މަންމަ ބުންޏެވެ. "މި މާތް މައްސަރުގައި މާތްﷲ އޭނާ ހޮއްވެވީ". އައްޒާމްގެ މަންމަގެ ހިތާމައިގެ ބަސްތަކުން މުޅި ހޮސްޕިޓަލް އޮތީ މޮޅިފައެވެ.
އައްޒާމްގެ މަންމަ ވަނީ ޢާންމުން ކައިރީގައި ހިތާމަ ނުކުރުމަށާއި ދުޢާ ކޮށް ޤުރުޢާން ކިޔެވުމަށްވެސް އިލްތިމާސްކޮށްފައެވެ.