ހެލްތު މިނިސްޓަރު އަބްދުﷲ އަމީން 72 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވެޑައިގަތުމަށް ޖެނީވާއަށް ފުރާވަޑައިގަންފިއެވެ.

މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ވޯލްޑް ހެލްތު އެސެމްބްލީ ބޭއްވުމަށް ހަމަޖެހިފައިވަނީ ސްވިޒަލެންޑްގެ ޖެނީވާގައިއެވެ. މި އެސެމްބްލީ އަކީ ކޮންމެ އަހަރަކުވެސް އެއްފަހަރު ބާއްވާ އެސެމްބްލީއެކެވެ.

އެ އެސެމްބްލީ ކުރިއަށް ދާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މިމަހުގެ 28 ގެ ނިޔަލަށެވެ.

ހެލްތް އެސެމްބްލީގެ މައިގަނޑު ބޭނުމަކީ އެ ޖަމާއަތުގެ ސިޔާސަތުތައް ކަނޑައެޅުމާއި، ޑިރެކްޓަރ ޖެނެރަލްއަކު އައްޔަންކުރުމާއި، މާލީ ސިޔާސަތުތައް ސުޕަރވައިޒް ކުރުމާއި، މީގެ އިތުރުން ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ ބަޖެޓް ރިވިއުކޮށް ފާސްކުރުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *