ބޭނުންވާތަކެތި:
ފުށްގަނޑު ތައްޔާރުކުރުމަށްޓަކައި:
2 ޖޯޑު ފުށް
2 މޭޒުމަތި ސަމުސާ ހަކުރު
2 މޭޒުމަތި ސަމުސާ ބޭކިންގ ޕައުޑަރ
1 މޭޒުމަތި ސަމުސާ ޔީސްޓް
1 މޭޒުމަތި ސަމުސާ ލޮނު
3 މޭޒުމަތީ ސަމުސާ ބަޓަރ ( މަޑުކޮށްފައި)
3/4 ޖޯޑު ރޯ ކިރު
1 ބިސް
ފިލިންގ ތައްޔާރުކުރުމަށްޓަކައި:
1/2 ޖޯޑު ހަކުރު (ހުދު)
1/2 ޖޯޑު ބްރައުން ޝުގަރ
1 މޭޒުމަތި ސަމުސާ ފޮނިތޮށި (މުގުރާފައި)
ކްރީމް ޗީޒް ފްރޮސްޓިންގ ތައްޔާރުކުރުމަށްޓަކައި:
1 ޖޯޑު ހަކުރު (މުގުރާފައި)
1 ކްރީމް ޗީޒް ބާރ
1/4 ޖޯޑު ބަޓަރ (މަޑުކޮށްފައި)
1/2 މޭޒުމަތި ސަމުސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
1. އަވަން 200 ޑިގްރީ ޝެލްސިއަސް އަށް ހޫނުކުރަން ޖެއްސުމަށްފަހު 9 އިންޗި ޓްރޭއެއްގެ އެތެރޭގައި 2 މޭޒުމަތީ ސަމުސާގެ ބަޓަރ އުނގުޅާށެވެ.
2. ބޮޑު ކަހަނބެއްގައި 2 މޭޒުމަތީ ސަމުސާ ހުދު ހަކުރު، ޔީސްޓް، ބޭކިންގ ޕައުޑަރ، ލޮނު، އަދި ފުށް އެއްކުރާށެވެ. އެއަށްފަހު 3 ސަމުސާ މަޑުކޮށްފައި ހުރި ބަޓަރ ފުށް އެތީގެ ތެރެއަށް އެޅުމަށްފަހު އަތުން މޮޑޭށެވެ. ދެން ވަކިން ބޯތައްޓެއްގައި ރޯ ކިރާއި ބިސް އެއްކޮށް ގިރާލުމަށްފަހު، ފުށް ހުރި ކަހަނބަށް އެ މިކްސްޗަރ އެޅުމަށްފަހު އާދައިގެ މަތިން ފުށް މޮޑޭ އުސޫލުން މޮޑެލާށެވެ. ފުށްގަނޑު މޮޑެވި ނިމުމުން ކަހަނބު ބަންދުކުރުމަށްފަހު 30 މިނެޓް ވަންދެން ބަހައްޓާށެވެ.
3. 30 މިނެޓްވުމުން ފުށްގަނޑު އެއްކޮށް ނަގައި ދިގުއަކައެއްގެ ބައްޓަމަށް ރޮށި ދަމާހެން ދަމާލާށެވެ. ދަމައި ނިމުމުން ފުށްގަނޑުގެ ބޯ މިނުގައި 1/4 އިންޗި ހުންނަން ވާނެއެވެ. އެއަށްފަހު 2 މޭޒުމަތި ސަމުސާ ދިޔާކޮށްފައި ބަޓަރ ފުށްގަނޑުގެ ބޭރު ފަށަލައިގައި ބުރުހަކުން ހާކާށެވެ.
4. ކުޑަ ބޯތައްޓެއްގައި 1/2 ޖޯޑު ހުދު ހަކުރު، 1/2 ޖޯޑު ބްރައުން ޝުގަރ އަދި މުގުރާފައިހުރި ފޮނިތޮށި އެއްކުރާށެވެ. އެއަށްފަހު މި މިކްސްޗަރ ބަޓަރ ހާކައިފައިހުރި ފުށްގަނޑުގެ މަތީގައި ހުރިހާ ހިސާބެއްގައި ހޭކޭ ގޮތަށް އަޅާށެވެ. ދެން މި ފުށްގަނޑު އޮޅާލުމަށްފަހު 2 އިންޗިގެ ރޯލްތަކަށް ބުރިކުރާށެވެ.
5. ބަޓަރ ހޭކި ޓްރޭގައި ސިނަމަން ރޯލްތައް އަތުރާލުމަށްފަހު ރޯލްތަކުގެ ބޭރުގައި ދިޔާކޮށްފައި ހުރި ބަޓަރ އުނގުޅާށެވެ. އެއަށްފަހު ހޫނުކޮށްފައި ހުރި އަވަނަށް ލުމަށްފަހު 15 މިނެޓްވަންދެން ފިހާށެވެ.
6. ބޯތައްޓެއްގައި ހިމުން ކޮށްފައި ހުރި ހަކުރު، ކްރީމް ޗީޒް، 1/4 ޖޯޑު މަޑުކުރި ބަޓަރ އަދި ވެނީލާ އެސެންސް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ހޫނުކޮށްހުރި ސިނަމަލް ރޯލްތަކުގެ މައްޗަށް އޮއްސާލާށެވެ.