މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކާރަކާއި ލޮރީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ބޮޑު ތަކުރުފާނު މަގުން ހުޅަނގުން އިރަށް ކާރެއް ދުއްވާފައި ދަނިކޮށް އެ ކާރު އޯވަރ ޓޭކް ކުރަން އުޅުނު ލޮރީ އެކާރުގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު މެންދުރު 14:16 ހާއިރު ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. 

އެ ދެ އުޅަނދުވެސް ދުއްވަން ތިބީ، އެ އުޅަނދުތައް ދުއްވުމުގެ ކެޓެގަރީގެ ލައިސެންސް އޮންނަ ޑްރައިވަރުން ކަމަށާއި، މިހާރު ފުލުހުން ދަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިދުވަސްވަރަކީ މާލޭގައި އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގާ އެކްސިޑެންޓްތަކުގެ މިންވަރު އިތުރުވެފައިވާ ދުވަސްވަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *